1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ހަންކެޑެ ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެމަސްތެރޭ ފަށަނީ

36d0b1f3-22a4-41db-acea-d138f293c6a3
ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް އަހާ ޕޯރަމްގައި ވާހަކަ ދައްކަވަނީ.... ފޮޓޯ: ސޯޝަލް މީޑިއާ
އާމިނަތު ޝަޒްލާ
97ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އައްޑޫ ސިޓީ ހަންކެޑެ ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މި އަހަރު ފަށަން ތައްޔާރުވަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ހަންކެޑެއަކީ ރިއަލްއެސްޓޭޓް ޓޫރިޒަމަށް ދޫކުރާ ސަރަހައްދެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައި ނެރުއްވި ގަރާރު، ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ އުވާލައްވައިފައެވެ.

300 × 250

އައްޑޫ ސިޓީގެ ހަންކެޑަ ތަރައްގީކުރުމަށް ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނާ ދެމެދު ގާއިމުކުރި އެއްބަސްވުން މިދިޔަ މަހުގެ 28 ވަނަ ދުވަހު ބާތިލުކުރުމާއި ރައީސް ޑރ. މުއިއްޒުގެ ގަރާރުން، ހަންކެޑައަކީ ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅި ގާރާރު އުވާލާފައިވާ ކަމަށެވެ.

އައްޑޫ ސިޓީގެ ހަންކެޑައަކީ ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައެޅި ޤަރާރު އުވާލުމުގެ އިތުރުން މިރަށް "ހަލާލް ޓޫރިޒަމް" ތަރައްޤީކުރުމަށް ހުޅުވާލެވުނު ރަށްތަކުގެ ލިސްޓުން އުނިކޮށްފައިވާތީ އައްޑޫ ސިޓީގެ ހަންކެޑަ އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއެއްގެ ގޮތުގައި ތަރައްޤީކުރުމަށް ބަލަންޖެހޭ އެންމެހައި ކަންކަން ބަލައި، ބީލަމުގެ އުސޫލުން ފަތުރުވެރިކަން ތަރައްޤީކުރުމަށް ހުޅުވާލުމުގެ އެންމެހައި މަސައްކަތްތައް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްއިން ދަނީ ކުރަމުން ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެެވެ.

މިނިސްޓަރ ވިދާޅުވީ އަމާޒަކީ މި ރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަހަރު ތެރޭގައި ފެށި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މިދައުރުގައި މިރަށް އޮޕަރޭޝަންސްއަށް ގެނައުން ކަމަށެވެ.

އިތުރަށް މިނިސްޓަރ ވިދާޅުވީ އައްޑޫ ސިޓީގެ ހަންކެޑަގެ ބަދަލުގައި އެ އަތޮޅުގެ ދޮންހެރަ (LD1453 ގައިވާ ރަށާއެކު) "ހަލާލް ޓޫރިޒަމް" ތަރައްޤީކުރުމަށް ޓޫރިޒަމް މިނިސްްޓްރީގެ ފަރާތުން މިއަދު ބީލަމަށް ހުޅުވާލެވިގެން ދާނެ ކަމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި