1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ތަޖަކިސްތާނާ ދެކޮޅަށް ކުޅޭ މެޗުގައި, ކާމީޔާބީއަށް އެދިވަޑައިގެން ޤައުމީ ޓީމަށް ރައީސް ހިތްވަރު ދެއްވައިފި

pooi
ރައީސް، ޤައުމީ ފުޓްބޯޅަ ޓީމާ ބައްދަލުކުރައްވަނީ--
މުހައްމަދު އަޚްތަރު
75ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އޭޝިއަން ކަޕް ކޮލިފައިންގައި ތަޖަކިސްތާނާއި ދެކޮޅަށް ކުޅޭ މެޗުގައި ރަނގަޅު ކާމީޔާބީއަކަށް އެދިވަޑައިގެން ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނާއި ކޯޗުން އަދި އޮފިޝަލުންނާއި ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިތްވަރު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޤައުމީ ޓީމާއި ބައްދަލުކުރައްވާފައިވަނީ މިއަދު ސިޓްރޯން ރެސްޓޯރެންޓުގައެވެ. މި ބައްދަލު ކުރެއްވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބުދުﷲ ރާފިޢުއާއި ސްޕޯޓްސް ކޮމިޝަނަރ މުޙައްމަދު ޠަލާލްއާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤު އަދި ގައުމީ ޓީމުގެ މެނޭޖަރ އަޙްމަދު އައްބާސްވެސް ބައިވެރިވަޑައިގެންނެވިއެވެ. ޤައުމީ ޓީމުގެ ކުޅުންތެރިންނާއި ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ތަޖަކިސްތާނާއި ދެކޮޅަށް ކުޅޭ މެޗަށް ވާންޖެހޭ ތައްޔާރީތައްވުމުގައި ސަރުކާރުގެ ފަރާތުން ކޮށްދޭންޖެހޭ އެންމެހާ ކަންކަން ފުރިހަމަކޮށްދެއްވާނެ ކަމަށެވެ. އަދި ގައުމީ ޓީމުގެ ކުޅުންތެރިންނަށް ބޭނުންވާ ވަސީލަތްތަކާއި އެހެނިހެން ކަންކަންވެސް ވީި އެންމެ ރަނގަޅަކަށް ހަމަޖައްސައިދެވޭތޯ ސަރުކާރުން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ކުޅުންތެރިންނަށް ދެއްވާކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ކުޅުންތެރިންނަށް ސަރުކާރުން ދޭ އިނާޔަތް ލިބޭނެކަމުގެ ޔަގީންކަންވެސް ދެއްވިއެވެ.

ރައީސް ވިދާޅުވީ ފުޓްބޯޅައަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދެއްވާ ކުޅިވަރެއް ކަމަށެވެ. އަދި ގައުމީ ފުޓްބޯޅަ ދަނޑު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ފެންވަރު ރަނގަޅު ދަނޑެއް އެޅެންދެން ގަލޮޅު ދަނޑުގައިވެސް ވީ އެންމެ ރަނގަޅަކަށް ކަންކަން ހަމަޖައްސައިދެވޭތޯ ބައްލަވާނެ ކަމަށެވެ.

300 × 250

އަދި ކުޅުންތެރިންގެ ކުރިއެރުމަށް ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމަށާއި، ކުރިޔަށް އޮތްތަނުގައިވެސް ކުޅުންތެރިންގެ ކުރިއެރުމަށް ބޭނުންވާ ކަންކަން ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ފާއިތުވި ދެ އަހަރު ދިޔައީ އެކަށީގެންވާ ވަރަށް ފުޓްބޯޅަ ކުޅޭނެ ފުރުސަތު ނުލިބި ކަމަށާއި، އެހެންނަމަވެސް ފުޓްބޯޅަ ކުރިއަރުވަން ސަރުކާރުން ކޮށްދޭންޖެހޭ އެންމެހާ ކަންކަން ކުރިޔަށް އޮތްތަނުގައި ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ހުރިހާ ކުޅުންތެރިންނަށްވެސް ދެއްވާ ކަމަށެވެ. އަދި ކުޅިވަރު ގާނޫނަށް އައިސްފައިވާ ބަދަލުތަކާއެކު ކުޅިވަރުގެ ގިނަ ވަސީލަތްތައް ގާއިމުކުރައްވަމުން އަންނަކަން ފާހަގަ ކުރައްވާ ރަށްރަށުގައިވެސް ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ ގިނަ މަޝްރޫއުތައް ކުރިޔަށްދާކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ދާދިފަހުން ސްރީލަންކާގައި ބޭއްވި ސައުތު އޭޝިއަން ސުޕަރ ކަޕް ރާއްޖެއިން ކާމިޔާބުކޮށް ޓްރޮފީ ހޯދާފައިވާތީ ޤައުމީ ޓީމަށް ރައީސް ވަނީ މަރުހަބާ ދަންނަވާފައެވެ. މިއީ ހަތް އަހަރަށްފަހު ބައިނަލްއަގްވާމީ މުބާރާތަކުން ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމަށް ހޯދުނު ފުރަތަމަ ތައްޓެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ދެން ރާއްޖޭގެ ޤައުމީ ޓީމު އެންމެ އަވަހަށް ކުޅޭނީ މި މަހުގެ 9 ވަނަ ދުވަހު ތަޖަކިސްތާނާއި ދެކޮޅަށް އެޤައުމުގައި ކުޅޭމެޗެވެ. އަދި މިމަހުގެ 14 ގައި ތަޖަކިސްތާނާއި ދެކޮޅަށް ރާއްޖޭގައި ކުޅޭ މެޗަށްފަހު ނޮވެމްބަރު މަހުގެ 18 ގައި ފިލިޕީންސްއާ ދެކޮޅަށް ކުޅޭނެއެވެ. އެއަށްފަހު އޮންނާނީ އަންނަ އަހަރުގެ މާޗު މަހުގެ 31 ގައި އީސްޓް ޓިމޯއާ ދެކޮޅަށް ކުޅޭ އޭއެފްސީ އޭޝިއަންކަޕް ކޮލިފައިން މެޗެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި