1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ހާލުދެރަވެގެން އުމުރުން ދުވަސްވީ މީހަކު ފެރީއެއްގަ މާލެ ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެ

Screen Shot 1443-04-05 at 1.12.56 PM
ހުވަދޫ ނިއުސް ޓީމް
1,084ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ބަލިވެ ހާލުދެރަވެފައިވާ ބަލިމީހަކު އެމެޖެންސީ ހާލަތުގަ ފެރީއެއްގައި މާލެ ގެންދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެއެވެ.

މިހާރު މީސްމީޑިއާގައި އާންމުވަމުންދާ ވީޑިއޯއެއްގައި، އުމުރުން ދުވަސްވެފައިވާ ބަލި މީހަކު މާލެ ގެންދިއުމަށް ފެރީއެއްގެ ތެރޭ ސްޓްރެޗަރ އެއްގައި ގެންދާ މަންޒަރު ފެނެއެވެ.

ބަލި މީހާ ފެރީއެއްގައި މާލެ ގެންދާ މަންޒަރު ވީޑިއޯކޮށް މިއަދުގެ ވަގުތެއްގައި މީހަކު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، ބަލިވެ ހާލު ދެރަވެގެން އެމަރޖެންސީ ހާލަތުގަ ވިލިމާލެއިން ބަލިމީހާ ގެންދަންޖެހޭ ގޮތް ކަމަށާއި، މިއީ ރައްޔިތުންނަށް ހައްގު މިންވަރުތޯ ބުނެ ސުވާލު އުފައްދާފައިވެއެވެ.

300 × 250

https://twitter.com/AishathSithuna1/status/1458652260322340872

ހެލްތް ސެކްޓަރ ގެ ބޮޑެތި މައްސަލަތަކެއް ހުރެ އެކަންތައް ހައްލު ނުވެގެން ވަރަށް ގިނަ ބަޔަކު ގެންދަނީ އެކި ޕްލެޓްފޯމް ތަކުގައި ވާހަކަ ދައްކަމުންނެވެ. މިސަރުކާރު އައި ފަހުން އަތޮޅު ތެރޭގެ ހޮސްޕިޓަލްތަކާއި ސިއްޚީ މަރުކަޒުތަކުން ބަލި މީހުންނަށް ދެވެން ޖެހޭ ފަރުވާ އެކަށީގެންވާ ގޮތުގައި ނުދެވޭ މައްސަލަތަކެއްވެސް ވަނީ ފެންމަތިވެފައެވެ.

އަދި ޑޮކްޓަރުން މަދުވުމުގެ ސަބުބުންނާއި ބައެއް ސްޕެޝަލިސްޓް ޑޮކްޓަރުން ނެތުމުގެ ސަބަބުން ގިނަ ބަލިމީހުން މާލެ ފޮނުވަން ޖެހޭ މައްސަލަ ތަކެއްވެސް މިހާރު ފެންމަތިވެފައިވާއިރު ގިނަ ބައެއްގެ ޝަކުވާއަކަށް ވެފައިވަނީ ހެލްތް ސެކްޓަރ ކުރިއެރުވުމަށް އެންމެ އެކަށީގެންވާ މަސައްކަތެއް މިސަރުކާރުން ނުކުރާ ކަމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި