1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އެމްޑީޕީން ރާވާފައި ވަނީ ސީދާ ފުލުހުންނާ ކުރިމަތިލުމަށް، ޤައުމު ހަލަބޮލި ކުރުމަށް ރައްޔިތުންގެ ސަޕޯޓެއް ނުލިބޭނެ: ސުޖާއު

sujau
ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ސުޖާއު... ފޮޓޯ: މަޖިލިސް
އާމިނަތު ޝަޒްލާ
123ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އެމްޑީޕީން ރާވާފައިވަނީ ސީދާ ފުލުހުންނާ ކުރުމަތި ލުމަށާ ކަމަށާއި، ދިވެހީންގެ ގައުމު ހަލަބޮލި ކުރުމަށް ރައްޔިތުންގެ ސަޕޯޓެއް ނުލިބޭނެ ކަމަށް ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ސުޖާއު ވިދާޅުވެއްޖެއެވެ.

މެންބަރު ސުޖާއު މިފަދައިން ވިދާޅުވެފައިވަނީ ރާއްޖޭގެ އެކި ހިސާބުތަކުން މީހުންނާ އެކު "ލޫޓޫވައިފި ލޫޓޫވައިފި" ނަމުގައި މިރޭ 8:30 ގައި މާލޭގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް އިދިކޮޅު އެމްޑީޕީން ދަނީ ތައްޔާރުވަމުން ދަނިކޮށެވެ.

މެންބަރު ސުޖާއު ވިދާޅުވީ އެމްޑީޕީން ރާވާފައިވަނީ ސީދާ ފުލުހުންނާ ކުރުމަތި ލުމަށާ ކަމަށާއި، ދިވެހީންގެ ގައުމު ހަލަބޮލި ކުރުމަށް ރައްޔިތުންގެ ސަޕޯޓެއް ނުލިބޭނެ ކަމަށާއި، މިއަދު ކުރަން އުޅެނީ މުޒާހަރާއެއް ކަމަށާއި، އެއީ ޖަލްސާއެއް ކަމަށް މިހާރު އިސްތިހާރު ބަދަލު އެކުރީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމަަށެވެ.

300 × 250

އެމްޑީޕީން ރާވާފައި އޮތީ ސީދާ ފުލުހުންނާ ކުރިމަތިލައި އަނިޔާވެރި ވުމަށް ކަމަށާއި، އަދި އެކަން ރައްޔިތުންލައްވާ ކުރުވުމަށްފަހު ބޮޑުން ފިލާނެ ކަމަށާއި، އެއީ އަބަދުވެސް އެމްޑީީޕީން ރާވާރޭވުން ކަަމަށާއި ރައްޔިތުންގެ ލައްވާ އެމްޑީޕީން ދައުލަތުގެ މުދަލުގައި ހުޅު ޖަހައި، އެރައްޔިތުންނަށް އަދަބު ލިބުނު ވަގުތު އެމްޑީޕީން އެރައްޔިތުންނާއި އާއިލާތަކަށް އަޅާވެސް ނުލި ކަމަށް މެންބަރު ސުޖާއު ވަނީ ވިދާޅުވެފައެވެ.

މެންބަރު ސުޖާއު ވިދާޅުވީ އެންމެފަހުން ނަތީޖާއަކަށްވީ އެރައްޔިތުން ޖަލުގައި ގިނަދުވަސްތަކެއް ހޭދަކުރަން ޖެހުން ކަމަށެވެ. އަދި މިއަދު ރައްޔިތުން ވިސްނަންވީ މިފަދަ ކަންކަމާއި ދުރުހެލިވުމަށް ކަމަށާއި، އެމްޑީޕީއަކީ ރައްޔިތުންނަށް ހެޔޮއެދިވަޑައިގަންނަވާ ޕާޓީއެއް ނޫން ކަމަށް ވެސް ވަނީ މެންބަރު ސުޖާއު ވިދާޅުވެފައެވެ.

އެމްޑީޕީން މިރޭ މާލޭގައި ބާއްވާ ބޮޑު މުޒާހަރާ އާއި ގުޅިގެން،ޖޭޕީގެ ލީޑަރު، އަދި މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވެސް ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއް ކުރައްވާފައެވެ.

ގާސީމް ވިދާޅުވީ އެއީ ބިނާކުރުވަނިވި މުޒާހަރާއެއް ނޫން ކަމަށާއި އެއީ ފަނާކުރުވަނިވި މުޒާހަރާއެއް ކަމަށެވެ. އެއީ ވެރިކަން ހޯދަންވެގެން ކުރާ ބޮޑު ނުބައި ކަމެއް ކަމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި