1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ޚިދުމަތް; ގއ ވިލިނގިލީގައި ވެސް ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި

af
ގއ. ވިލިނގިލީގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައި --- ފޮޓޯ: ދަޓައިމްސްއޮފް އައްޑޫ
މަރްޔަމް ޝަފާ ސައީދު
251ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، ގއ. ވިލިނގިލީގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިކަން އިޢުލާނު ކުރުމާއެކު، މިއީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން އަތޮޅުތަކަށް ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިތުރު ފިޔަވަޅެއް ކަމުގައި ފާހަގަކޮށްފައިވެއެވެ.

އެންމެ ފަހުން މި ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ ތ. އަތޮޅުގައެވެ. އަދި އޭގެ ކުރިން ވ. އަތޮޅުގައި ވެސް ޕާސްޕޯޓު ހައްދައި ދިނުމުގެ ޚިދުމަތް ވަނީ ފަށާފައެވެ.

300 × 250

މީގެ އިތުރުން މާލެ ސަރަޙައްދުގައި ވެސް މި ޚިދުމަތް ވަނީ ފުޅާކޮށްފައެވެ. އެގޮތުން ހުޅުމާލޭގެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގެ އިތުރުން ވިލިމާލޭގައި ވެސް މިހާރު ޕާސްޕޯޓުގެ ޚިދުމަތް ލިބެމުންދެއެވެ.

މި ސަރުކާރުން ވަނީ އަތޮޅުތަކުގައި ޕާސްޕޯޓާއި އައިޑީ ކާޑު ދޫކުރުމުގެ ޚިދުމަތް ފުޅާކުރުމަށް ޚާއްޞަ އިސްކަމެއް ދީފައެވެ. މިގޮތުން ގިނަ ރަށްރަށުގައި މި ޚިދުމަތް ފެށުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

މި ޚިދުމަތް އަތޮޅުތަކަށް ފުޅާކުރުމުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޕާސްޕޯޓު ހެއްދުމުގެ ޚިދުމަތް ފޯރުކޮށްދިނުމެވެ. މީގެ ސަބަބުން މާލެއަށް ދަތުރުކުރުމަށް ކުރަންޖެހޭ ޚަރަދުތައް ކުޑަވެ، ރައްޔިތުންނަށް ފަސޭހަކަމާއެކު މި ޚިދުމަތް ލިބިގެންދާނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި