މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބުގައި ވާދަކުރުމަށް 6 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ހާމަކުރައްވައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުންގެ މަޤާމަށް 4 ބޭފުޅުން ކުރިމަތިލައްވާފައިވާއިރު، އޭގެ ތެރެއިން 3 ބޭފުޅުންގެ ކެންޑިޑަސީ ވަނީ ޤަބޫލުކުރައްވާފައެވެ. ނަމަވެސް، މި 3 ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކު ވަނީ ނަން އަނބުރާ ގެންދަވާފައެވެ. އެހެނިހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުންގެ މަޤާމަށް 2 ބޭފުޅުން ކުރިމަތިލައްވާފައިވާއިރު، އޭގެ ތެރެއިން އެންމެ ބޭފުޅެއްގެ ކެންޑިޑަސީ ވަނީ ޤަބޫލުކުރައްވާފައެވެ. މި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލެއްވީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އަލަށް އަމަލުކުރަން ފެށި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ މި ކޮމިޝަން އެކުލެވިގެންވަނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާ 3 މެންބަރުންނާއި މީޑިއާތަކުން އިންތިޚާބުކުރާ 4 މެންބަރުންގެ މައްޗަށެވެ. އިލެކްޝަންސް ކޮމިޝަނުން އިތުރަށް ހާމަކުރެއްވި ގޮތުގައި، މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. އަދި ވޯޓުލާ މަރުކަޒު ޤާއިމުކުރެވިފައި ހުންނާނީ ހަމައެކަނި މާލެ ސިޓީގައެވެ.
މުއްދަތު ހަމަވިއިރު މީޑިއާ ކޮމިޝަންގެ އިންތިޚާބަށް ކުރިމަތިލީ 6 މީހެއް؛ ބްރޯޑްކާސްޓަރުން 4 އެހެނިހެން 2،

300 × 250







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.