އައްޑޫ ސިޓީގައި ހުންނަ އިކުއޮޓޯރިއަލް ހޮސްޕިޓަލްގެ އިހުމާލުން ވިހެއުމުގެ ތެރޭގައި ކުއްޖަކު ނިޔާވި މައްސަލައެއް ފެންމަތިވެއްޖެއެވެ. ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން އާއިލާ މީހަކު ބުނީ، ކުއްޖާ ނިޔާވެފައިވަނީ އިކުއޮޓޯރިއަލް ހޮސްޕިޓަލްގެ އިހުމާލުން ކަމަށާއި، ވިހެއުމަށް ޑޮކްޓަރު ދީފައި އޮތް ވަގުތައް ޑޮކްޓަރަށް އެޓެންޑް ކުރެވިފައިނުވާ ކަމަށެވެ. އޭނާ ބުނީ، އެންމެ ފުރަތަމަ ވިހެއުމަށް ދިޔައީ ގއ ވިލިނގިލީ ހޮސްޕިޓަލަށް ކަމަށާއި ނަމަވެސް އެތަނުން ސްކޭންތަކެއް ހެދުމަށްފަހު ވިހޭ ވަރަށްވުރެ ކުއްޖާ ބޮޑު ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ކުއްޖާ ނަގަން ޖެހޭނީ ސިޒޭރިއަން ހަދައިގެން ކަމަށާއި ނަމަވެސް ހޭނައްތާ ޑޮކްޓަރެއް ނެތުމުގެ ސަބަބުން އެކޮޅުން ސިޒޭރިކަން ހެދެން ނެތް ކަމަށް އެހޮސްޕިޓަލުން ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ. "ވިލިނގިލީ ހޮސްޕިޓަލްގައި ހޭނައްތާ ޑޮކްޓަރެއް ނެތް ކަމަށްބުނުމުން ދެން މަސައްކަތް ކުރީ ތިނަދޫގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދެވޭތޯ. އެތަނުގައިވެސް ހޭނައްތާ ޑޮކްޓަރެއް ނެތުމުން ދެން އާއިލާގެ ހަރަދުގައި ވިލިނިގިލީ ހޮސްޕިޓަލްގެ ނަރުހަކާ އެއްކޮށް އައްޑޫއަށް ގެންދިޔައީ." އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ. އޭނާ ބުނީ، އައްޑޫއަށް ގެންދިއުމަށްފަހު ސްކޭން ހަދައި ޑޮކްޓަރު ވިހާނެ ކަމަށް ޔަގީންކަން ދީފައިވާ ކަމަށާއި، ނަމަވެސް ވިހަން ވަގުތު ޖެހުނު އިރު ވެސް ޑޮކްޓަރު ނައިސް ގިނަ އިރުތަކެއް ވެފައިވާ ކަމަށެވެ. ކުއްޖާ ނިޔާވާން މެދުވެރިވީ ވިހަން މަސައްކަތް ކުރުމުގެ ތެރޭގައި ލިބުނު އަނިޔާތަކަކުން ކަމަށް ލަފާކުރެވޭ ކަމަށްވެސް އޭނާ ބުންޏެވެ. ސިއްހީ ދާއިރާގެ ބޮޑެތި މައްސަލަތައް ހުންނަ ވާހަކަތަކާއި ސިއްޚީ ބައެއް ޚިދުމަތްތެރިންގެ އިހުމާލުން މިފަދަ އެތަކެއް މައްސަލަތަކެއްވަނީ ފެންމަތި ވެފައެވެ. ޑޮކްޓަރުން މަދުވުމާއި ސްޕެޝަލިސްޓުން ނުލިބުމުގެ ސަބަބުން ގިނަ ހޮސްޕިޓަލްތަކުން ދޭންޖެހޭ ޚިދުމަތް ނުދެވޭ މައްސަލަތަކެއްވެސް ވަނީ ފެންމަތިވެފައެވެ.
އައްޑޫ ހޮސްޕިޓަލުގެ އިހުމާލުން ނިޔާވީ ވާދޫ ދެމަފިރިޔެއްގެ އަލަތު ދަރިފުޅު

300 × 250






ޚިޔާލު (2)
ހާދަ ޚިދުމަތްތެރި ސަރުކާރެކޭ. ޚިދުމަތްތައް ހަމަ މެކުހަށް.
އިހުމާލުބޮޑު، މަސައްކަށްކުރާ ނަރުހެއްގެ ހައިސިއްޔަތުން އަޅުގަޑު މިބުނަނީ، ޑޮކްއަކަށް ނާދެވުނު ގަޑިއަކަށް ތިކަމުގަވެސް އެޝިފްޓް ކުށްވެރިވޭ ބޮޑުތަނުން