ފުލުހުންނަށް އިންޒާރު ދިންކަމުގެ ތުހުމަތުގައި އެމްޑީޕީ ހުޅުމާލެ އުތުރު ދާއިރާގެ ރައީސް، ފާތިމަތު ޒަހިއްޔާ (ޒާޔާ)ގެ ފޯނު މިއަދު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ހިފަހައްޓާފައެވެ. މި މައްސަލައިގައި ޒާޔާގެ ގެ ބަލައި ފާސްކުރުމަށްފަހު އޭނާގެ ފޯނު ހިފެހެއްޓީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ. ކޯޓު އަމުރުގައިވާ ގޮތުން، ޒާޔާ އޭނާގެ ފޭސްބުކް އެކައުންޓުން ކުރި ޕޯސްޓެއްގައި ވަނީ "17 ނޮވެންބަރަށް ތައްޔާރު ވުމަށް ކަނޑޫދޫ މިރުހުން ސްޕްރޭ ތައްޔަަރުކުރަން ފަށައިފިން. ހަމަ ޖެހީ ޖެހީ" މިފަދައިން ލިޔެ، ފުލުހުންގެ ފޭސްބުކް ޕޭޖު ޓެގުކޮށްފައެވެ. މި މައްސަލަ ތަޙުޤީޤުކުރަން ފަށާފައިވަނީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކާ ގުޅިގެންކަން ކޯޓު އަމުރުން އެނގެއެވެ. އަދި މި އަމުރުގެ މުއްދަތަކީ 72 ގަޑިއިރުކަމަށް ވެސް އަމުރުގައި ބަޔާންކޮށްފައިވެއެވެ. މި މައްސަލައިގެ ތަޙުޤީޤު ކުރިއަށް ގެންދަނީ ފުލުހުންގެ ވައްކަމުގެ މައްސަލަތައް ބަލާ ޑިޕާޓްމެންޓުންކަން ކޯޓު އަމުރުން ހާމަވެއެވެ. މިއީ ފުލުހުންނަށް އިންޒާރު ދިނުމުގެ ތުހުމަތުގައި ފުލުހުން ބަލަމުންދާ އެންމެ ފަހުގެ މައްސަލައެވެ.
ފުލުހުންނަށް އިންޒާރު ދިންކަމުގެ ތުހުމަތަށް އެމްޑީޕީ, ހުޅުމާލެ ދާއިރާއެއްގެ ރައީސާގެ ފޯނު ހިފަހައްޓައިފި

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.