ހއ އަތޮޅުން ފެށިގެން ދ އަތޮޅަށް ނެރެފައިވާ ހުދުސަމާލުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ، ހއ އަތޮޅުން ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

https://twitter.com/MetMaldives/status/1459442659206975492

ހއ އަތޮޅުން ފެށިގެން ދ އަތޮޅާހަމައަށް ހުދުސަމާލު ގެ މުއްދަތު އިތުރު ކޮށްފައިވަނީ މިއަދު މެންދުރު 14:00 އިން 19:00 އަށެވެ.

މިއަދު ހެނދުނުވެސް އެސަރަހައްދަށް ހުދު ސަމާލު ނެރެފައިވާއިރު އެފަހަރު ލަފާކޮށްފައިވަނީ، ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ.