1280 × 720 (16:9)
ބުރާސްފަތި20 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ދުވަސް ނުފުރާ ވިހާ ކުދިންނަށްދޭ 'ރެޓީނާ ލޭޒަރ ޓްރީޓްމަންޓް' ގެ ޚިދުމަތް އައިޖީއެމްއެޗްގައި ފަށައިފި

lall
އައިޖީއެމްއެޗް އިން ދުވަސް ނުފުރާ ވިހާ ކުދިންނަށް ދޭ "ރެޓީނާ ލޭޒަރ ޓްރީޓްމަންޓް"ގެ ޚިދުމަތް ފަށައިފި
މަރްޔަމް ޝަފާ ސައީދު
ފޮންޓް ސައިޒް
އާދައިގެ

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ދުވަސް ނުފުރާ ވިހާ ކުދިންނަށް ދޭ "ރެޓީނާ ލޭޒަރ ޓްރީޓްމަންޓް"ގެ ޚިދުމަތް ފަށައިފިއެވެ.

މި ޚިދުމަތް ފެށުމާ ގުޅޭ ގޮތުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ހަލީމް ވިދާޅުވީ، "މިއީ ދުވަސް ނުފުރާ ވިހާ ކުދިންނަށް ފަރުވާ ލަސްނުވެ ދިނުމަށް ލިބުނު ފަހި ފުރުޞަތެއް" ކަމަށެވެ. ރެޓިނާ ލޭޒަރ ޓްރީޓްމަންޓަކީ ދުވަސް ނުފުރާ ވިހާ ކުދިންގެ ފެނުމުގެ ބާރު ރައްކާތެރިކުރުމަށް ދެވޭ ޚާއްޞަ ފަރުވާއެކެވެ.

އަލަށް އުފަންވާ ކުދިންގެ ސިއްޙަތާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މި ޚިދުމަތަކީ އިތުރު ފިޔަވަޅެކެވެ. ރާއްޖޭގެ ސިއްޙީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ސަރުކާރުން އަންނަނީ ކުރިން ރާއްޖޭގައި އާންމުކޮށް ނުދެވޭ ފަރުވާތައް އެކި ސަރަޙައްދުތަކުގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގައި ޤާއިމްކުރަމުންނެވެ.

X ގައި ބައްލަވާ

މީގެއިތުރުން، ސިއްޙީ ނިޒާމު ޑިޖިޓަލައިޒްކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސަރުކާރުގެ ޑިޖިޓަލައިޒޭޝަންގެ މާސްޓަރ ޕްލޭންގެ ދަށުން އެންމެ އިސްކަމެއްދޭ އެއް ދާއިރާއަކީ ސިއްޙީ ދާއިރާކަމުގައި ފާހަގަކުރައްވާފައެވެ.

މި އައު ޚިދުމަތް ފެށުމާއެކު، ދުވަސް ނުފުރާ ވިހާ ކުދިންނަށް ބޭނުންވާ މުހިންމު ފަރުވާއެއް ރާއްޖޭގައި ލިބެން ފެށުމަކީ ޤައުމީ ސިއްޙީ ނިޒާމަށް ލިބުނު ކުރިއެރުމެއް ކަމުގައި ސިއްޙީ ދާއިރާގެ މާހިރުން ފާހަގަކުރެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި