1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ކުޅިވަރު

ފަރެސްމާތޮޑާ ކައުންސިލްގެ ފުޓްސަލް ޗެލެންޖް ޑިސެމްބަރ 24 ގައި ފަށަނީ

8EA5CBE8-DD79-4033-AC0E-D8DA7A7C52B0
ނިމިދިޔަ ރޯދަމަހުގައި ކުރިއަށްދިޔަ ފަރެސްމާތޮޑާ ކައުންސިލް ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން ޓީމް
ސާއި ޢަލީ
946ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގދ.ފަރެސްމަތޮޑާ ކައުންސިލްގެ ފުޓްސަލް ޗެލެންޖް މި ފެށޭ ޑިސެމްބަރ މަހުގެ 24 ވަނަ ދުވަހު ފަށާ ގޮތަށް އެ ކައުންސިލުން ނިންމައިފިއެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް އަހުމަދު އިމްތިޔާޒް ވިދާޅުވީ ކޮންމެ އަހަރަކު ވެސް ކައުންސިލުން ރަށުގެ ޒުވާނުންނަށް ކުޅިވަރުމުބާރާތްތައް ބާއްވާ ކަމަށެވެ.

ފަރެސްމާތޮޑާ ގެ ރައީސް އިމްތިޔާޒް އިތުރަށް ވިދާޅުވީ މި ފެށޭ ހަފްތާގައި މުބާރާތުގައި ޓީމްތައް ބައިވެރި ވުމަށް ރެޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

300 × 250

މީގެ އިތުރުން އިމްތިޔާޒް ވިދާޅުވީ މި މުބާރާތަކީ ފަރެސްމާތޮޑާ ގެ ޒުވާނުން ކުޅިވަރަށް ހުންނަ ޝައުގުވެރިކަމެއްގެ ބޮޑު ކަމުންނާއި، ރައްޔިތުންގެ މެދުގައި ކުޅިވަރަށް ލޯބި އިތުރުކުރުމުގެ މަގުސަދުގައި ބާއްވާ މުބާރާތެއް ކަމަށެވެ.

ފަރެސްމާތޮޑާ ކައުންސިލް ފުޓްސަލް ޗެލެންޖް ގެ ޗެމްޕިއަން ޓީމް އަކަށް 10 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭ އިރު، ރަނާރަޕް އަށް 5 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވަނީހުށަހަޅާފައެވެ.

މިއަހަރު ރޯދަމަހުގައި ވެސް ފަރެސްމާތޮޑާ ކައުންސިލުން ވަނީ ފުޓްސަލް މުބާރާތެއް އިންތިޒާމް ކޮށް ވަރަށް ކާމިޔާބު ކަމާއި އެކު ނިންމާފައެވެ. އެ މުބާރާތައްވެސް ވަނީ ބޮޑުތަރުހީބެއް ލިބިފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި