ނޫސްތަކުގައި ޚަބަރު ގެނެސްދީފައި ހުންނައިރު އަބަދުވެސް އެއް ފޮޓޯއެއް ބޭނުން ކުރަމުން ގެންދާތީ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން އެކަމާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އިކްރާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ނޫސްތަކުގައި އޭނަގެ ޚަބަރު ގެނެސްދީފައި ހުންނައިރު އަބަދު އެއް ފޮޓޯއެއް ބޭނުންކުރާކަން ފާހަނގަ ކުރެވޭ ކަމަށާއި އެގޮތަށް އެކަންތައް ނުކުރުމަށް އިލްތިމާސްކުރިއެވެ. އަދި ނޫސްތަކަށް ލާން ފޮޓޯ ބޭނުންވާ ނަމަ ފޮޓޯދޭނެކަމަށް އިކްރާމް ވަނީ ވިދާޅުވެފައެވެ.
https://twitter.com/ikramhassan/status/1459530803126300680?s=20
އިކްރާމް އަކީ ރައިސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ތާއިދު ކުރައްވާ ބޭފުޅަކަށްވާތީ އިކްރާމް ދަނީ އިދިކޮޅަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން އިންޑިޔާ އައުޓް ނަމުގައި އިދިކޮޅުން ހިންގާ ހަރަކާތަށް ފާޅުގައި ފާޑު ކިޔަމުން އިކްރާމް ވިދާޅުވަނީ އެފަދަ ހަރަކާތަކީ ޤައުމުގެ ހަމަޖެހުން ނަގާލުމާއި ފަރުވާއަށް އިންޑިއާއަށްދާ ދިވެހިން ހުއްޓުވުމާއި، އިންޑިއާއިން ދޭ އެހީތައް ހުއްޓުވުމާއި، އިންޑިއާއިން ޓޫރިސްޓުން އައުން ހުއްޓުވުމުގެ ނިޔަތުގައި ބަޔަކު ހިންގާ ޖަރީމާ ތަކެއް ކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.