ޚަބަރު
އޭއެފްސީ އޭޝިއަން ކަޕް: ތަޖިކިސްތާން ޓީމު މާލެ އައިސް، ފަރިތަކުރަން ފަށައިފި

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންއަށް ތަޖިކިސްތާނުގެ ޓީމު މާލެ އައިސް، ފަރިތަކުރަން ފަށައިފިއެވެ. ރާއްޖެއާ ދެކޮޅަށް ކުޅެ މެޗަށް ތަޖިކިސްތާނުގެ ޓީމު މާލެ އައިސްފައިވާއިރު، މި ދެ ޓީމު ބައްދަލުކުރާ މެޗު އޮންނާނީ އަންގާރަ ދުވަހެވެ.

މި ދެ ޓީމު ކޮލިފައިންގައި މި މަހުގެ ނުވަ ވަނަ ދުވަހު ވެސް ބައްދަލުކޮށްފަ އެވެ. ތަޖިކިސްތާނުގެ ހިސާރު ސްޓޭޑިއަމުގައި ކުޅުނު އެ މެޗުން ރާއްޖެ ބަލިވީ 2-1 އިންނެވެ.

ތަޖިކިސްތާނު ޓީމު މާލެ އައީ 23 ކުޅުންތެރިންނާއެކުގައެވެ. އެއީ ތިން ގޯލް ކީޕަރުންނާއި ނުވަ ޑިފެންޑަރުންނާއި އަށް މިޑްފީލްޑަރުންނާއި ތިން ފޯވަޑުންނެވެ. ތަޖިކިސްތާނު މެޗަށް ތައްޔާރުވުމަށާއި ގައުމީ ޓީމަށް ތަރުހީބު އިތުރު ކުރުމަށް އެފްއޭއެމުން ވަނީ މަސައްކަތް ފަށައިފަ އެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި އަންނަ އަންގާރަ ދުވަހު ދިވެހިރާއްޖެ އާއި ތަޖިކިސްތާނު ބައްދަލުކުރާ މެޗު ޕްރޮމޯޓް ކުރުމަށް ކުރިޔަށް ގެންދިޔަ “ފޯރީގައި ދަނޑަށް” އިވެންޓަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، މި މެޗުގެ ޓިކެޓް ވިއްކުމާއި ގައުމީ ޓީމުގެ ޖާޒީ އަގުހެޔޮކޮށް ވިއްކުން ކުރިޔަށްދިޔަ މި އިވެންޓްގައި ވަނީ ގައުމީ ޓީމުގެ ކުޅުންތެރިންނާއި ކޯޗުންނާއި އޮފިޝަލުން އަދި އެފްއޭއެމްގެ ބައެއް އިސްވެރިން ބައިވެރިފައެވެ.

“ފޯރީގަ ދަނޑަށް” މި އިވެންޓަކީ އޭޝިއަންކަޕް ކޮލިފައިންގައި ރާއްޖެއާއި ތަޖިކިސްތާން ބައްދަލުކުރާ މެޗުގެ އިތުރުން 18 ނޮވެމްބަރުގައި ރާއްޖެއާއި ފިލިޕީންސް ބައްދަލުކުރާ މެޗު ޕްރޮމޯޓްކޮށް ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ވަނުމަށް ހިތްވަރު ދިނުމުގެ ގޮތުން ބޭއްވި އިވެންޓެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!