ށ. ކޮމަންޑޫގައި 30 ޓަނުގެ އައިސް ޕްލާންޓެއް ގާއިމުކުރުމުގެ މަސައްކަތް އެތިއޮން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކޮމަންޑޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މަސްވެރިކަމާއި ކަނޑުތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމެވެ. އަދި އެތިއޮން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރު ކިއާޝަތު އަބްދުﷲ އެވެ. ކޮމަންޑޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އައިސް ޕްލާންޓްގެ މަސައްކަތް ސަރުކާރުން ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ނިންމާނެ ކަމަށެވެ. އަދި ސަރުކާރުން ވެފައިވާ ވައުދުތައް ތަރުތީބުން ފުއްދަމުން ގެންދާނެ ކަމަށް އެމަނިކުފާނު އިތުރަށް ވިދާޅުވިއެވެ. ކޮމަންޑޫގައި އައިސް ޕްލާންޓެއް ގާއިމުކުރުމަކީ އެ ރަށުގެ މަސްވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. މި އައިސް ޕްލާންޓް ގާއިމުކުރެވުމުން އެ ސަރަހައްދުގެ މަސްވެރިންނަށް އައިސް ލިބުމުގެ ދަތިކަން ހައްލުވެގެންދާނެއެވެ.
ށ. ކޮމަންޑޫގައި 30 ޓަނުގެ އައިސް ޕްލާންޓް ގާއިމު ކުރުމަށް އެތިއޮން ޕްރައިވެޓް ލިމިޓެޑަށް

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.