1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އަމާރި ހަވޮއްޑާ މޯލްޑިވްސް ގައި މޫދަށް އެރުނު ޓުއަރިސްޓަކު މަރުވެއްޖެ

Breaking news NEW
ހުވަދޫ ނިއުސް ޓީމް
1,289ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގދ ހަވޮއްޑާގައި ހިންގާ އަމާރި ހަވޮއްޑާ މޯލްޑިވްސްގައި މޫދަށް އެރި އުޅުނު ޓުއަރިސްޓަކު ގެނބިގެން މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ މޫދަށް ފުންމާލުމުން ކުއްލިއަކަށް ހާލު ދެރަވީ ކަމަށާއި މިހާރު އެމީހާ ވަނީ ތިނަދޫގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މީޑިއާ ކޯޑިނޭޓަރ ސާލިމް އަލީ ވިދާޅުވީ މޫދަށް ވެއްޓުމުގެ ސަބަބުން ހާލު ދެރަވި 35 އަހަރުގެ މީހަކު އެހޮސްޕިޓަލަށް މިއަދު ހަވީރު 17:30 އެހާކަންހާއިރު ގެނެސްފައިވާ ކަމަށާއި ހޮސްޕިޓަލަށް ގެނައިއިރު ވެސް އެމީހާ އޮތީ މަރުވެފައި ކަމަށެވެ.

300 × 250

މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ، ގދ އަތޮޅުގައި ހިންގާ ރިސޯޓެއްގައި ސްނޯކްލިންގ އަށް ފައިބައި އުޅުނު 35 އަހަރުގެ ފަތުރުވެރިޔަކު ހާލު ދެރަވެގެން ތިނަދޫގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު މިއަދު 16:30 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އަދި އެހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނިކޮށް އެމީހާ 18:22 އެހާކަންހާއިރު މަރުވެފައިވާ ކަމަށް ހޮސްޕިޓަލް އިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި މިމައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި