ޚަބަރު
ކާބޯތަކެއްޗަކީ އަސާސީ ބޭނުމަކަށްވުރެ ބޮޑަށް، އިންސާނީ ޙައްޤެއް: މެޑަމް ސާޖިދާ

ކާބޯތަކެއްޗަކީ އަސާސީ ބޭނުމަކަށްވުރެ ބޮޑަށް، އިންސާނީ ޙައްޤެއްކަމަށް ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިފަދައިން ވިދާޅުވީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅިގެން އެކްސްގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މެޑަމް ސާޖިދާ ވިދާޅުވީ ކާބޯތަކެއްޗަކީ އަސާސީ ބޭނުމަކަށްވުރެ ބޮޑަށް، އިންސާނީ ޙައްޤެއްކަމަށާއި، ހެދިބޮޑުވުމުގައި ބޭނުންވާ، ސިއްޙަތަށް ފައިދާހުރި ކާނާ ލިބުމަކީ ކޮންމެ ފަރުދަކަށްވެސް ކަށަވަރުވާންޖެހޭ ޙައްގެއްކަމަށެވެ.

އެގޮތުން ތަފާތު ކާރިސާތަކާ ޙާދިސާތަކާ ކުރިމަތިލަމުންދާ އެތައް ބަޔަކު ދިރިއުޅެމުންދާއިރު، މިފަރާތްތަކަށް ކާނާގެ ޔަޤީންކަން ކަށަވަރުކުރުމާއި، ފޯރުކޮށްދެވޭ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުމުގެ ރޫޙު އާލާކުރަންޖެހޭކަމަށް މެޑަމް ސާޖިދާ ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން އެކަމަނާ ވިދާޅުވީ މިއީ ފައިދާ ހުރި ކާނާ ލިބުމަށް މަގުފަހިކޮށްދިނުމާއި، ބަނޑުހައި ހޫނުކަން ނައްތާލާ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެ މުހިންމު ބަދަލަކަށްވާނެކަމަށާއި، އަދި މިއީ ސަޤާފަތުގެގޮތުން ބެލިއަސް، މުޖުތަމަޢުތައް ގުޅުވައިދީ ގުޅުން ބަދަހިވުމުގެ ވަރަށް މުހިންމު ބަހާއެއްކަމަށް މެޑަމް ސާޖިދާ ވަނީ ވިދާޅުވެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment