1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ފުނަދޫ ފަރުކޮޅުގަ ހަދާ ނޭޗަރ ޕާކު ބެލެހެއްޓުމަށް ރޭންޖަރުން ހަމަޖައްސާ، މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

big_lrKROfdArPmWHBFZqnUJETc4T
ފުނަދޫ ފަރުކޮޅުގަ ހަދާ ނޭޗަރ ޕާކު ބެލެހެއްޓުމަށް ރޭންޖަރުން ހަމަޖެއްސުމުގެ ތެރެއިން... ފޮޓޯ: ޕީއެސްއެމް
އާމިނަތު ޝަޒްލާ
196ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ށ. ފުނަދޫ ފަރުކޮޅުގައި ހަދާ ނޭޗަރ ޕާކު ބެލެހެއްޓުމަށް ރޭންޖަރުން ހަމަޖައްސާ، އެ ސަރަހައްދު ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ފަރުކޮޅުގައި ނޭޗަރ ޕާކެއް ތަރައްޤީކުރުމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެމްޓީޑީސީއަށް ހަވާލުކޮށްފައިވަނީ މި އަހަރުގެ މޭއި މަހުގެ 20 ވަނަ ދުވަހުއެވެ.

އެގޮތުން މި އެއްބަސްވުމުގެ ދަށުން ފަރުކޮޅުގެ ނޭޗަރ ޕާކުގެ ކޮންސެޕްޓް މިހާރުވަނީ އެކުލަވާލާފައިކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

300 × 250

އެ ވުޒާރާއިން ބުނީ މިއީ ށ. ފުނަދޫ ދައްފަޅުގައި އިކޯ ޓުއަރިޒަމް ތަރައްޤީވެގެންދާއިރު މި ސަރަހައްދާއި މި އަތޮޅަށް ޒިޔާރަތްކުރާ ފަރާއްތަކާއި ފަތުރުވެރިންނަށް ޤުދުރަތީ މާހައުލުތައް ބަލާލުމާއި ހިންހަމަޖެހުން ހޯދުމަށް މަގުފަހިވެގެންދާނެކަމަށެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ މި ކޮންސެޕްޓް ހިމެނޭގޮތަށް ހިމާޔަތްކޮށްފައިވާ ށ. ފަރުކޮޅު ދެމެހެއްޓެނިވި ގޮތުގައި މެނޭޖްކޮށް ރައްޔިތުންނަށް ފައިދާވާގޮތައް ބެލެހެއްޓުމަށްޓަކައި ދިވެހި ސަރުކާރުން މިހާރުވަނީ މިރަށައް އަމާޒުކޮށް ހާއްސަ މަޝްރޫއެއް ފަށާފައިކަމަށެވެ.

ފަރުކޮޅަކީ ގުތުރަތީގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާ ރަށެއެވެ. މިރަށަކީ ށ. ފުނަދޫ ރައްޔިތުންގެ އުންމީދުތަކާއިވެސް ގުޅިފައިވާރަށަކަށްވާއިރު މިއީ އުފެދިފައިވާގޮތައް ބަލާއިރުވެސް އެހެން ރަށްތަކާއި ތަފާތުކޮށް އުފެދިފައިވާ ތިމާވެށީގެ ގޮތުންވެސް ތަފާތު ރަށެއެވެ. ފަރުކޮޅުގެ ބޮޑުބަޔަކީ ކުޅިތަކާއި ޗަސްބިންތައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި