1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ތައުލީމީ މާހައުލުގަ ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމާ ގުޅޭ ތަމްރީން ކޯހެއް ކުރިއަށް ގެންގޮސްފި

WhatsApp Image 2025-10-19 at 23.18.52_13235c44
ތައުލީމީ މާހައުލުގަ ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމާ ގުޅޭ ތަމްރީން ކޯހުގެ ތެރެއިން... ފޮޓޯ: އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ސެންޓަރު (އައިއެމްސީޓީސީ)
އާމިނަތު ޝަޒްލާ
171ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ސެންޓަރު (އައިއެމްސީޓީސީ) އިން ތައުލީމީ މާހައުލުގައި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމާ ގުޅޭ ގޮތުން ތަމްރީން ކޯހަކާއެކު ވޯކްޝޮޕެއް ރާއްޖޭގައި ކުރިއަށް ގެންގޮސްފިއެވެ.

"ތައުލީމީ މާހައުލުގައި ހަރުކަށި ފިކުރާ ކުރިމަތިލުން"ގެ ނަމުގައި ބޭއްވި އެ ތަމްރީން ކޯސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އަދި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު މުހައްމަދުގެ އިތުރުން ތައުލީމީ އަދި އަސްކަރީ ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ތައުލީމީ މުޖުތަމައުތަކުގެ ތެރޭގައި މެދުމިނުގެ ސަގާފަތެއް އާލާކުރުމުގެ މަގުސަދުގައި މިއަދު ފެށި މި ތަމްރީން ކޯހުގައި ތަފާތު ދާއިރާތަކުގެ އިލްމީ ބޭފުޅުންނާއި ޓީޗަރުންނާއި ތައުލީމީ ދާއިރާގެ މާހިރުން ބައިވެރިވެއެވެ.

300 × 250

ތަމްރީން ކޯސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. ޝެހެނާޒް ވަނީ މެދުމިނުގެ މުހިންމުކަމާއި ހައްދުފަހަނައަޅާ ދިއުމުގެ ނުރައްކާތެރިކަމާމެދު މުޖުތަމައުގެ އެކި ދާއިރާތައް ހޭލުންތެރިކަން އިތުރުކުރުމަށް އައިއެމްސީޓީސީން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވައި ޝުކުރުއަދާކުރައްވައިފައެވެ.

WhatsApp Image 2025-10-19 at 23.18.53_3b38bd53ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް

އޭގެ އިތުރުން އައިއެމްސީޓީސީން ބާއްވާ މިފަދަ ތަމްރީން ޕްރޮގްރާމްތަކަކީ ކުޑަކުދިންނާއި ޒުވާނުންނަށް އިސްލާމްދީނާ ގުޅޭ ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުމަށް ޓީޗަރުންނާއި ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް މުހިންމު ޕްރޮގްރާމް ތަކަކަށްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން މި ތަމްރީން ކޯހާއި ވޯކްޝޮޕުގައި ތައުލީމީ މާހައުލުގައި ހައްދުފަހަނައަޅާދިއުމާ ދެކޮޅަށް މަސައްކަތްކުރުމަށް ޓީޗަރުންނާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންގެ ގާބިލުކަން އިތުރުކުރުމާ ގުޅޭ މުހިންމު ބައިތަކެއް ކުރިއަށް ގެންދާނެއެވެ. އޭގެ ތެރޭގައި ހައްދުފަހަނައަޅާދިއުމަށް މަގުފަހިވާ ކަންކަން, ތައުލީމީ މާހައުލުގައި ހައްދުފަހަނައަޅާދިއުމުގެ ނިޝާންތައް, އެފަދަ މައްސަލަތަކާ ކުރިމަތިލުމުގައި ތައުލީމީ ދާއިރާގެ އެކި ފަރާތްތަކުގެ ދައުރު އަދި ހައްދުފަހަނައަޅާދިއުމުގެ ނިޝާންތަކަށް އަވަހަށް އިޖާބަ ދޭނެ ގޮތްތައް ކިޔައިދޭނެއެވެ.

މި  ތަމްރީން ކޯހާއި ވޯކްޝޮޕަކީ ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް މަސައްކަތް ކުރުމާއި މެދުމިނުގެ އުސޫލުތައް ޕްރޮމޯޓް ކުރުމާ ގުޅޭ ގޮތުން ޓީޗަރުންނާއި ދަރިވަރުން ހޭލުންތެރިކޮށް, ތައުލީމީ ދާއިރާ އާއި ތައުލީމީ އިދާރާތަކުގެ ގާބިލުކަން އިތުރުކުރުމަށް އައިއެމްސީޓީސީން ރާއްޖޭގައި ހިންގާ "ޕްރިވެންޝަން" އިނީޝިއޭޓިވްގެ ތެރެއިން ކުރިއަށްގެންދިޔަ ޕްރޮގްރާމްތަކެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި