މަހަށް ގޮސް ހުއްޓާ ސްޓްރޯކެއް ޖެހިގެން ތިނަދޫ އަށް ގެނެސް ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ މީހާ ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހަވީރު ސްޓްރޯކެއް ޖެހިގެން ގެނައީ ތިނަދޫ ގައި ދުއްވާ މަސްދޯންޏެއްގެ މީހެއް ކަމަށާއި އޭނާ އަކީ ތިނަދޫއަށް ނިސްބަތްވާ މީހެކެވެ.
މިކަމާ ގުޅިގެން ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މީޑިއާ ކޯޑިނޭޓަރ ސާލިމް އަލީ ވިދާޅުވީ، މަހަށް ގޮސް ހުއްޓާ ހާލު ދެެރަވީ އުމުރުން 44 އަހަރުގެ ދިވެހި ފިރިހެނެއް މިއަދު ހަވީރު 17:20 އެހާކަންހާއިރު އެމްއެންޑީއެފް ގެ އެހީތެރިކަމާއެކު ސީއެމްބިއުލާންސް ގައި އެހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށާއި، ހޮސްޕިޓަލް އަށް ގެނައި އިރުވެސް ނޭވާ ނުލާ ކަމަށެވެ.
މި މަރުހޫމާ އަޅުގަނޑުމެންނާއި ވަކިވެދިޔުމުގެ ހިތާމައިގައި، ހުވަދޫ ނިއުސްގެ ފަރާތުން ބައިވެރިވެ ތަޢުޒިޔާ ދަންނަވަމެވެ. އަދި މި މަރުހޫމާގެ ފުރާނަޔަށް ކީރިތިﷲ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވައި، އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون







ޚިޔާލު (4)
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون
ޢާމީން