1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ސައުތު އޭޝިއަން އެތުލެޓިކްސްގައި ވާދަކުރާ ޤައުމީ ޓީމުގައި ތިނަދޫ ސިޓީގެ 3 ދުވުންތެރިން

WhatsApp Image 2025-10-20 at 08.05.49_c579277b
އިބާދުﷲ އާދަމް، ނުޖޫމް ހަސަން އަދި އަހުނަފް ރައްޔާނު ފަހުމީ... ފޮޓޯ: ހުވަދޫ މީޑިއާ
އާމިނަތު ޝަޒްލާ
1,707ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިންޑިއާގެ ރަންޗީގައި މި މަހުގެ 24 ން 26 ކުރިޔަށްދާ ސައުތު އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި ޤައުމީ އެތުލެޓިކްސް ޓީމުގައި އެއް ރަށަކަށް ނިސްބަތްވާ 3 ދުވުންތެރިން ދުވާނެއެވެ.

ތިނަދޫ ސިޓީ އަށް ނިސްބަތްވާ މި 3 އެތުލީޓުންނަކީ އިބާދުއްﷲ އާދަމް، ނުޖޫމް ހަސަން އަދި އަހުނަފް ރައްޔާނު ފަހުމީ އެވެ.

މި މުބާރާތުގެ 100 މީޓަރުގައި ރާއްޖެ ތަމްސީލް ކުރާނީ ތިނަދޫ ގެ 2 އެތުލީޓުން ކަމަަށްވާ ރައްޔާން ފަހުމީއާއި ނުޖޫމް ހަސަންއެވެ.

300 × 250

އަދި 4x100 މީޓަރުގައި ވާދަކުރާނީ ތިނަދޫ ސިޓީގެ 3 އެތްލީޓުން ކަމަށްވާ އަބްދުﷲ، ނުޖޫމް އަދި ރައްޔާނުގެ އިތުރުން ހަސަން ސާއިދުއެވެ.

ބައިންލް އަޤުވާމީ މިފަދަ މުބާރާތެއްގައި ޤައުމީ ޓީމްގައި އެ ރަށަކަށް ނިސްބަތްވާ ގިނަ އެތްލީޓުން ހިމެނިގެން ދިޔުމަކީ ތިނަދޫގައި ދެމެހެއްޓެނެވި ގޮތެއްގައި އެތުލީޓުން ތައުމީން ކުރިޔަށް ގެންދެވޭ ކަމުގެ ހެއްކެކެވެ.

އެތްލީޓްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ތިނަދޫ ރީޖަންގެ ކޯޗް، އަދި ރައުހަތު ސްޕޯޓްސްގެ ރައީސް ރައުހަތު ބުނި ގޮތުގައި ރާއްޖޭގެ ގައުމީ ރިލޭ ޓީމުގައި ތިނަދޫގެ ތިން އެތްލީޓުން ހިމެނިގެން ދިޔުމަކީ ފަހުރުވެރި ކާމިޔާބެއް ކަމަށެވެ.

ސައުތު އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ފެށުމަކީ، 1984 ވަނަ އަހަރު ދެކުނު އޭޝިއާގެ ގައުމުތަކަށް ނޜޕާލޯ ކަތަމަންޑޫގައި ކުރިއަށް ގެންދިޔަ މަލްޓި ސްޕޯޓްސް އިވެންޓެއް ކަމަށްވާ ސައުތު އޭޝިއަން ގޭމްސް އެވެ.   މީގެ އިތުރުން ސައުތު އޭޝިއަން 20 އަހަރުން ދަށުގެ އެތުލެޓިކްސް ޗެމްޕިއަންޝިޕާއި ސައުތު އޭޝިއަން ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕް ފަދަ އެކި އުމުރުފުރާތަކަށް ވަކިވަކިން ދެކުނު އޭޝިއާގެ ޗެމްޕިއަންޝިޕްތައް ބާއްވާއިރު، ފަހުގެ ޗެމްޕިއަންޝިޕްތައް އިންތިޒާމް ކުރަނީ ސައުތު އޭޝިއަން އެތުލެޓިކްސް ފެޑެރޭޝަނުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި