ޚަބަރު
ހައްޖު ކޯޕަރޭޝަން ތަރައްގީ ކުރުމަށް، ރައްޔިތުންނަށް ދުރާލާ ޑިޕޮސިޓް ކުރެވޭނެ އުސޫލެއް ގާއިމު ކުރަން ޖެހޭ: ވަޒީރު ޑރ ޝަހީމް

ހައްޖު ކޯޕަރޭޝަން ތަރައްގީ ކުރުމަށް ދުރާލާ ރައްޔިތުންނަށް ޑިޕޮސިޓް ކުރެވޭނެ އުސޫލެއް ގާއިމްކޮށް އެފަންޑު އިންވެސްޓް ކުރެވޭނެ ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މެލޭޝިއާގެ ހައްޖު ފަންޑަކީ ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި އިގްތިސާދީ ގޮތުން ފުދުންތެރި މުއައްސަސާއަކަށް ވެފައިވާ ކަމަށާއި، ރައްޔިތުންގެ އަތުން ދުރާލާ ނަގާ ފައިސާ އިންވެސްޓްކޮށްގެން ހައްޖުގެ އަގު ހޯދައިދީ، މުޖުތަމަޢުއަށް ގިނަ ފައިދާތަކެއް ކޮށްފައިވާ ކަމަށެވެ.

“މިސާލަކަށް ބައްލަވާ މެލޭޝިޔާ ޙައްޖު ފަންޑުން ވަނީ ރިއަލް އެސްޓޭޓާއި ހޮޓެލްސްއަށް އިންވެސްޓްކޮށްފައި. ރާއްޖޭގެ ޙައްޖު ކޯޕަރޭޝަންގެ އިންވެސްޓްމަންޓްތަކެއްވެސް ހުންނަންޖެހޭ,” ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ހައްޖު ކޯޕަރޭޝަން ތަރައްގީކުރުމަށް އިސްތިރާޖީ އެކްޝަން ޕްލޭނެއް އެކުލަވާލައި، އެ ކޯޕަރޭޝަން އަމިއްލަ ފައިމައްޗަށް ތެދުވަންދެން ދައުލަތުގެ އެހީތެރިކަން ފޯރުކޮށްދޭން ޖެހެއެވެ. އަދި ހަލާލް ޓޫރިޒަމް ފަދަ ދާއިރާތަކަށް އިންވެސްޓްކުރުމަކީ ރަނގަޅު ކަމެއް ކަމުގައި ވެސް ވިދާޅުވިއެވެ.

ހައްޖު ކޯޕަރޭޝަންގެ ގާނޫނީ އޮނިގަނޑާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދައުރެއް އޮންނަ ގޮތަށް ގާނޫނަކުން ހައްޖު ކޯޕަރޭޝަން އުފެދެންޖެހޭ ކަމަށެވެ. މިހާރުވެސް އެފަދา ގާނޫނެއްގެ ދެލިކޮޕީއެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވަޒީރު ވަނީ ހާމަކުރައްވާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment