ޚަބަރު
އިންސީފް ޔުނިވަރސިޓީގައި ކުރިއަށްދާ ޒަކާތާ ގުޅޭ ވޯކްޝޮޕަކަށް، ޒަކާތު ހައުސްގެ 11 މުވައްޒަފަކު މެލޭޝިޔާ އަށް

ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ 11 މުވައްޒަފަކު މެލޭޝިއާގެ މަޝްހޫރު އިންސީފް (INCEIF) ޔުނިވަރސިޓީގައި ކުރިއަށްދާ، ޕްރޮފެޝަނަލް ސެޓްފިކެޓް އިން އިސްލާމިކް ފައިނޭންސް (ޕީ.ސީ.އައި.އެފް) ޕްރޮގްރާމުގައި ޢަމަލީ ގޮތުން ބައިވެރިވުމަށް މެލޭޝިއާއަށް ފުރައިފިއެވެ. މި ދަތުރުގެ މައިގަނޑު މަޤްސަދަކީ، ޒަކާތު މެނޭޖްމަންޓްގެ ދާއިރާގައި ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ޒަކާތު ހައުސްގެ މުވައްޒަފުންގެ ޕްރޮފެޝަނަލް ޤާބިލުކަން އިތުރުކުރުމެވެ.

އިންސީފް ޔުނިވަރސިޓީ އަކީ އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ އެއް މަރުކަޒުކަމަށް ވާއިރު، މިފަދަ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަކީ ޒަކާތު ހައުސްގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރެވޭ މުހިއްމު މަސައްކަތެކެވެ. ޒަކާތު ހައުސްގެ ޖުމްލަ 11 މުވައްޒަފުން މި ޕްރޮގްރާމުގައި ހިމެނެނީ، ޒަކާތާ ގުޅޭ ފައިނޭންސަލް ކަންކަން ބެލެހެއްޓުމުގައި ދިމާވާ ގޮންޖެހުންތަކަށް ޙައްލު ހޯދައި، ޒަމާނީ އުސޫލުތަކަށް އެ މަސައްކަތްތައް ބަދަލުކުރުމުގެ ބޭނުމުގައެވެ. މި މުވައްޒަފުން މިހާރު ދަނީ މެލޭޝިއާގައި މި ޕްރޮގްރާމުގެ ޢަމަލީ ބައިތަކުގައި ބައިވެރިވަމުންނެވެ.

މި ތަމްރީނު ޕްރޮގްރާމަކީ ޒަކާތު ހައުސްގެ މުވައްޒަފުންގެ ތެރޭގައި ޝަރުޢީ އަދި ޕްރޮފެޝަނަލް ޤާބިލުކަން އިތުރުކުރުމަށްޓަކައި ވަރަށް މުހިންމު ފިޔަވަޅެއްކަމަށް ބެލެވެއެވެ. އެގޮތުން، މިދިޔަ އަހަރު އާންމުކުރި ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސުތަކާއި މިންގަނޑުތަކުގައި ވަނީ، ޒަކާތް ނެގުމާއި ބެހުމުގެ އެންމެހައި ކަންކަން ބެލެހެއްޓުމަށް ދައުލަތުން ކަނޑައަޅާ މީހުންނަކީ، ޒަކާތުގެ ޙުކުމްތައް ދަންނަ، ޝަރުޢީ ގޮތުން އެނގުން ލާޒިމުވާ މިންވަރު އެނގޭ ބަޔަކަށް ވާންޖެހޭނެކަމަށް ބަޔާންކޮށްފައެވެ.

މި އުސޫލުތަކަށް ރިޢާޔަތްކޮށް، ޒަކާތު ހައުސްގެ މުވައްޒަފުންނަށް ބައިނަލްއަޤްވާމީ ފެންވަރުގެ ތަމްރީނު ދިނުމަކީ، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ޒަކާތް ދެއްވާ ފަރާތްތަކާ އަދި ޒަކާތަށް ޙައްޤުވާ ފަރާތްތަކާ ދެމެދު އޮންނަ އިތުބާރު ބޮޑުކުރުމަށްޓަކައި ޒަކާތު ހައުސްއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ. މި ތަމްރީނު ޕްރޮގްރާމުގެ ސަބަބުން، އިސްލާމީ ފައިނޭންސްގެ އުޞޫލުތައް ބޭނުންކޮށްގެން ޒަކާތުގެ މައްސަލަތައް ޙައްލުކުރުމުގެ ޤާބިލުކަން މުވައްޒަފުންނަށް ލިބިގެންދާނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment