"ޕަބްލިކް ސަރވިސް މީޑިއާ" ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ޔާމީންގެ ބައްޕަ އިބްރާހިމް ރަޝީދު، ނިޔާވެއްޖެއެވެ.

ޢާއިލާގެ ފަރާތުން މަޢުލޫމާތު ދޭ ގޮތުގައި ނ. ވެލިދޫ އަމަން، އިބްރާހިމް ރަޝީދު ނިޔާވީ 5 އަހަރެއްހާ ދުވަހު ބަލިވެ އުޅުމަށްފަހުއެވެ.

އިބްރާހިމް ރަޝީދު ވަނީ ވަރަށް ގިނަ ދުވަހު ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ، ސްޓެލްކޯގައި ޚިދުމަތްކުރައްވާފައެވެ. އޭގެ ފަހުން އަމިއްލަ ވިޔަފާރިވެސް ކުރެއްވިއެވެ. ނިޔަވާއިރު، ޢުމުރަކީ 70 އަހަރެވެ.

އިބްރާހިމް ރަޝީދުގެ ކަށުނަމާދު ވަނީ މިއަދުގެ ހުކުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައި ބާއްވާފައެެވެ.