ޚަބަރު
ހުޅުދޫއަށް ހާއްސަ ރަށު ކައުންސިލެއް އުފެދިއްޖަނަމަ, އެ ރަށަށް ދަތުގެ ފަރުވާ ހިލޭ ދޭނަން: ޑރ. އިބްރާހިމް ދީދީ

އައްޑޫ ހުޅުދޫއަށް ހާއްސަ ރަށު ކައުންސިލެއް އުފެދިއްޖަނަމަ، އެ ރަށުގައި ހިލޭ ދަތުރު ފަރުވާ ދޭނެ ކަމަށް ޑރ. އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ. ޑރ. އިބްރާހީމް ދީދީ މިފަދައިން ވިދާޅުވީ އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައެެވެ. ޑރ. އިބްރާހިމް ދީދީ އަކީ އެމްޑީޕީގެ ކުރީގެ ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ހުޅުދޫގައި ރަށު ކައުންސިލެއް އުފެދިއްޖެނަމަ، ހުޅުދޫގެ ސިއްހީ މަރުކަޒަށް ކައުންސިލްގެ އެހީތެރިކަމާއެކު ޒިޔާރަތްކޮށް ދަތުގެ ފަރުވާ ހިލޭ ފޯރުކޮށްދޭނެ ކަމަށް ޑރ. އިބްރާހީމް ދީދީ ވިދާޅުވެފައިވާއިރު، އައްޑޫގެ ވަކިވަކި ރަށްތަކުގައި ކައުންސިލް ހެދުމަށް ނަގާ ވޯޓު މިވަގުތު ކުރިއަށް ދަނީ ފޭދޫ، މީދޫ އަދި ހުޅުދޫގައެވެ.

މިއަދު ހެނދުނު 8:00 ގައި ވޯޓުލުން ފެށިފައިވާއިރު، މި ވޯޓުގައި ވޯޓުލުމުގެ ހައްގު 9،576 މީހަކަށް ލިބިގެންވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

މި ވޯޓްގައި މެންދުރު ފަހު 13:00 އާއި ހަމައަށް ވޯޓުލާފައިވަނީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 2،097 މީހުންނެވެ. އެއީ 21.9 އިންސައްތައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment