ޚަބަރު
ރާއްޖޭގެ ދާއިރާތަކުގެ އިސް ސަފުތަކުގައި ހަރަކާތްތެރިވާ އަންހެނުންގެ ނިސްބަތް %39 އަށް ވަނީ އިތުރުވެފައި

ރާއްޖޭގެ ދާއިރާތަކުގެ އިސް ސަފުތަކުގައި ހަރަކާތްތެރިވާ އަންހެނުންގެ ނިސްބަތް އިތުރު ވަމުންދާ ކަމަށް އިޖްތިމާއި އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން މިއަދު ވިދާޅުވީ، އަންހެނުންގެ ބާރުވެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، އެކި ބޯޑުތަކުގައި އަންހެނުން ތަމްސީލުވާ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. މިއީ އިޖްތިމާޢީ، އިޤްތިޞާދީ، އަދި ސިޔާސީ ގޮތުން އަންހެނުންގެ ދައުރު ފުޅާކުރުމަށް ސަރުކާރުން އިސްކަންދޭކަން ހާމަވާ ކަމެކެވެ.

އިޖްތިމާއި އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ލީޑް ޗައިލްޑް ޕްރޮޓެކްޝަން އޮފިސަރ އާމިނަތު ރިޝްމީ އާމިރު ވިދާޅުވީ އަންހެނުން ބާރުވެރި ކުރުވުމަށްޓަކައި އެ ވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން، އަންހެނުންނަށް މަދު ދާއިރާތަކުގައި އެމީހުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުގެ ޚާއްސަ އިސްކަމެއް އޮތްކަން ރިޝްމީ ފާހަގަ ކުރެއްވިއެވެ. ޚާއްސަކޮށް، އިޤްތިސާދީ ގޮތުން އަންހެނުން ބާރުވެރި ކުރުވުމަށް ސަރުކާރުން ދޭ އިސްކަން ބޮޑެވެ. މިގޮތުން އަންހެނުންނަށް ހާއްސަކޮށް ދޫކުރާ ފަށާމަދަދު ލޯން ސްކީމަކީ ފާހަގަކޮށްލެވޭނެ އެއް ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ރިޝްމީ ހިއްސާކުރެއްވި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިސް ސަފުގައި ހަރަކާތްތެރިވާ އަންހެނުންގެ ނިސްބަތަށް ވަނީ ބޮޑު ކުރިއެރުމެއް އައިސްފައެވެ. އޭނާ ވިދާޅުވީ، ކުންފުނިތަކުގެ ބޯޑުތަކުގައި ކުރިން 16 އިންސަތައިގައި ހުރި އަންހެނުންގެ ނިސްބަތް މިހާރު 39 އިންސައްތައަށް އިތުރުވެފައިވާ ކަމަށެވެ. “މިގޮތުން ގެނެވުނު ބަދަލުތަކާއި ލޯކަލް ކައުންސިލް އިންތިހާބުގައި އަންހެން ކައުންސިލަރުން ވަނީ އިތުރުވެގެންގޮސްފައި،” ރިޝްމީ ވިދާޅުވިއެވެ. މިއީ ރާއްޖޭގެ ޑިމޮކްރެޓިކް މާހައުލުގައި އަންހެނުންގެ ބައިވެރިވުން އިތުރުވެ، ނިންމުން ނިމާ ދާއިރާތަކަށް އެމީހުންގެ އަޑު އިތުރަށް އިވޭކަން ހާމަވާ ހެކިތަކެކެވެ.

މި ކުރިއެރުން ދެމެހެއްޓުމަށްޓަކައި އިޖާޢާ ވުޒާރާއިން ދަނީ އިތުރު މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި އަންހެނުންނަށް ލީޑަރޝިޕް ހުނަރު ތަރައްޤީ ކުރުމުގެ ޕްރޮގްރާމެއް އެކުލަވާލައި، މުޅި ރާއްޖެއަށް އަމާޒު ކޮށްގެން އެ ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް މަސައްކަތްކުރުން ހިމެނެއެވެ. މީގެ އިތުރުން ވަޒީފާގެ މާހައުލުގައި މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމަށް މިންގަނޑުތައް ކަނޑައެޅުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އެގޮތުން މި މިންގަނޑުތަކަށް ފެތޭ އިދާރާތަކުން ‘ހަމަހަމަކަން ކަށަވަރު ނިޝާން’ ނުވަތަ ‘ޖެންޑަރ އީކުއަލިޓީ ސީލް’ ބޭނުން ކުރުމަށް ހަމަޖެހިފައި ވެއެވެ.

ދައުލަތުގެ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުގައި މިންތީގެ ހަމަހަމަކަމަށް ބާރު އެޅުމުގެ ގޮތުން، ޤައުމީ ފެންވަރުގައި މި ‘ހަމަހަމަކަން ކަށަވަރު’ ނިޝާން ތަޢާރަފުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވާފައިވަނީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ. މި ނިޝާނަކީ ޖެންޑަރ އީކުއަލިޓީ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންގައިވާ، އިދާރާތަކުގެ މަސައްކަތް މެއިންސްޓްރީމް ކުރުމަށް އެޅޭނެ މުޙިއްމު ފިޔަވަޅެއް ކަމަށް ވުޒާރާއިން ދެކެއެވެ. މިކަމުގެ ސަބަބުން ވަޒީފާގެ މާހައުލުތަކުގައި އަންހެނުންނަށް އޮންނަ ފުރުޞަތުތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment