1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރާއްޖޭގެ ބޯހިމެނުން ޑިޖިޓަލްކޮށް ހައިބްރިޑް ނިޒާމަކަށް ބަދަލު ކުރުމަށް މަގު ޗާޓެއް އެކުލަވާލަނީ

22
ސުކޫލު ނިންމާފައި ބޯހިމެނުމުން ތަޖުރިބާ ލިބިގަންނަ ދަރިވަރުން ގިނަ----ފޮޓޯ:ދައުރު
މަރްޔަމް ޝަފާ ސައީދު
325ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގައި ކުރިމަގުގައި ކުރެވޭ ބޯހިމެނުންތަކަކީ ޑިޖިޓަލްކޮށް ކުރެވޭކަމަކަށް ހެދުމަށްޓަކައި އެސެސްމެންޓެއްގެ އިތުރުން މަގު ޗާޓެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ދިވެހިރާއްޖޭގެ ތަފާސްހިސާބާ ބެހޭ އިދާރާ (އެމްބީއެސް) އިން ވިދާޅުވެފައެވެ.

މި މަސައްކަތުގެ މައިގަނޑު އަމާޒަކީ ބޯހިމެނުމުގެ ޑޭޓާގެ ފެންވަރު ރަނގަޅުކޮށް، ދުރު މުސްތަޤްބަލުގައި މިކަމަށް ކުރާ ހޭދަ ކުޑަކުރުމެވެ. މި ބަދަލާއެކު، ރާއްޖޭގެ ތަފާސްހިސާބުތަކުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭނެ ކަމަށް އެމްބީއެސްއިން ލަފާކުރައްވައެވެ.

އެމްބީއެސްއިން މިފަދަ ބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރައްވަމުން ގެންދަވަނީ، ރަޖިސްޓަރީތައް ތަރައްޤީވާ މިންވަރަކުން ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ އުސޫލުތައް ބަދަލުކުރުމަށް ކަމަށް ޗީފް ސްޓެޓިސްޓީޝަން އައިޝަތު ހަސަން ވިދާޅުވިއެވެ. އޭނާ އިޝާރާތްކުރެއްވި ގޮތުގައި، ކުރިއަށް އޮތް ބޯހިމެނުންތަކަކީ ހައިބްރިޑް ނިޒާމެއްގެ ދަށުން ކުރިއަށް ގެންދާނެ ކަމެކެވެ. "ރާއްޖޭގައި ކުރިމަގުގައި ކުރެވޭ ބޯހިމެނުންތަކަކީ ހައިބްރިޑްކޮށް ކުރެވޭނެކަމަކަށް ހެދުމަށް ދަނީ މަސައްކަތްތަކެއް ކުރެވެމުން،" އައިޝަތު ހަސަން ވިދާޅުވިއެވެ.

300 × 250

މި ބަދަލާ ގުޅިގެން، ރަޖިސްޓަރތައް ތަރައްޤީވުމާއެކު ދޮރުން ދޮރަށް ގޮސް މައުލޫމާތު އެއްކުރުމުގެ އިތުރުން، ޑިކްޓޭޓަރ ފަދަ އަލްޓަނޭޓިވް ސޯސްތައް ބޭނުންކޮށްގެން ބޯހިމެނުމުގެ ޑޭޓާގެ ފެންވަރު ދެނެގަނެ އިތުރަށް ރަނގަޅުކުރެވޭނެއެވެ. މީގެ ސަބަބުން ދުރު ރާސްތާގައި މިކަމަށް ކުރެވޭ ހޭދަ ސާފުކޮށް ކުޑަކުރެވޭނެ ކަމަށް އެމްބީއެސްއިން ވިދާޅުވެއެވެ.

ބޯހިމެނުމުގެ މި އައު ނިޒާމަށް ބަދަލުވުމުގެ ގޮތުން، އެމްބީއެސްއިން މިހާރު ދަނީ ބަޔަކާ އެކީގައި އެސެސްމެންޓެއް ހަދައި، މި މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ވެސް މަގު ޗާޓެއް އެކުލަވާލުމަށް މަސައްކަތް ކުރަމުންނެވެ. މި މަގު ޗާޓުގައި ބަޔާންކުރެވިގެންދާނީ ހައިބްރިޑް ބޯހިމެނުމުގެ ނިޒާމަކަށް ބަދަލުވުމުގެ މަސައްކަތްތައް ކުރާނެ އުސޫލުތައް ކަމަށެވެ. މިއީ ރާއްޖޭގެ ތަފާސްހިސާބުތަކުގެ ދާއިރާގެ ދުރު ރާސްތާ ތަސައްވުރުގެ އަމާޒަށް ވާސިލުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މި ބަދަލުތަކުގެ އިތުރުން، އެމްބީއެސްއާއި ދައުލަތުގެ ތަފާސްހިސާބުތަކުގެ އިދާރާތަކާ ގުޅިގެން ޕްލޭންތަކެއް ވެސް ވަނީ އެކުލަވާލާފައެވެ. އޭގެ ތެރޭގައި 2025 އިން ފެށިގެން 2027 އާ ހަމައަށްގެ ސެކްޓޯރިއަލް ޕްލޭނެއް ހިމެނެއެވެ. އަދި ޖެންޑަރ ސްޓެޓިސްޓިކްސް އަށްޓަކައި 'ޕެރިސް 21' އާ ގުޅިގެން 'ނޭޝަނަލް ސްޓްރެޓެޖީ ފޯރ ޑިވެލޮޕްމެންޓް ފޯރ ޖެންޑަރ ސްޓެޓިސްޓިކްސް (އެންއެސްޑީއެސްޖީއެސް)' ވެސް ވަނީ އެކުލަވާލާފައެވެ. މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ތަފާސްހިސާބުތަކުގެ ނިޒާމު އިތުރަށް ހަރުދަނާވެ، އިޤްތިޞާދީ ގޮތުން ފައިދާހުރި ގޮތަކަށް ބޯހިމެނުމުގެ މަސައްކަތްތައް ކުރިއަށްގެންދެވޭނެކަމުގެ އުންމީދު އެބައޮތެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި