1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ފަރީ ޙައްޖު އެންޑް ޢުމްރާ ގްރޫޕް؛ އަމާޒަކީ ކޮންމެ ބައިވެރިއަކަށްވެސް ހިތްހަމަޖެހޭ އުފާވެރި ޢުމްރާ ދަތުރެއް ދިނުން!

haja
ފަރީ ޙައްޖު އެންޑް ޢުމްރާ ގްރޫޕް- ޢުމްރާ ގްރޫޕްއަކީ ދިވެހިންގެ އިތުބާރާއި ޔަޤީންކަން ހޯދާފައިވާ ގުރޫޕެކެވެ----ފޮޓޯ: ފަރީ ހައްޖުއުމްރާގްރޫޕް
މަރްޔަމް ޝަފާ ސައީދު
682ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ފަރީ ޙައްޖު އެންޑް ޢުމްރާ ގްރޫޕްއަކީ ދިވެހިންގެ އިތުބާރާއި ޔަޤީންކަން ހޯދާފައިވާ ގުރޫޕެކެވެ. ފަރީ ޢުމްރާ ގްރޫޕްގެ އަމާޒަކީ ކޮންމެ ޢުމްރާވެރިއަކަށްވެސް ހިތްހަމަޖޭހޭ އަދި އުފާވެރި ޢުމްރާ ދަތުރެއް ކޮށްދިނުމެވެ. ގްރޫޕުން ދޭ ޔަޤީން ކަމަކީ، ފަރީމިސްއާއެކު މިދަތުރު ތަކުގައި ބައިވެރިވުމުން:

  • 4 އުމްރާ ކުރުމުގެ ފުރުސަތު ލިބިގެން ދިއުމާއި،
  • މައްކާއާއި މަދީނާގެ މުހިންމު ތާރީހީ ތަންތަން ދައްކާލުން
  • އިތުރުން އެތަންތަނާއި ގުޅޭ މައުލޫމާތުތައްވެސް ލިބިގެން ދާނެ

މީގެ އިތުރުންވެސް، ޝައިޚުންގެ ދީނީ އިރުޝާދާއެކު ތާއިފް ދަތުރު، ޖިއްދާ ބަލާލަން ކުރާ ދަތުރު އަދި ބާޒާރު ދަތުރުތައް ރާވާ ކުރިއަށް ގެންދެވޭނެއެވެ. މި ދަތުރު ތަކުގައި ދިވެހިންނާއި ގުޅޭ މީރު ކެއުން ލިބެން ހުރުމުގެ އިތުރުން އަލަށް ދާ ބޭފުޅުންގެ ކަންކަން ބެލެހެއްޓުމަށް ވަރަށް ޒުވާން އެހީތެރިން ތިބޭނޭއެވެ. ހަމައެހެންމެ އެހީތެރިންގެ ތެރޭގައި އަންހެން ބޭކަނބަލުންގެ ކަންކަން ބެލެހެއްޓުމަށް އަންހެން އެހީތެރިން އަދި ފިރިހެނުންގެ ކަންކަން ބެލެހެއްޓުމަށް ފިރިހެން އެހީތެރިން ތިބޭނޭކަން ފާހަގަކޮށްލެވެއެވެ. ހަމައެހެންމެ ހުރިހާ އުމުރެއްގެ މީހުންނާއި ގުޅޭ އެހީތެރިން، ފަރީމިސްގެ ޓީމުގައި މަސައްކަތް ކުރާކަމީ ދަތުރުގެ ބައިވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަން އެ ގްރޫޕުން އުފަލާއެކު ފާހަގަކުރެއެވެ. ގޮނޑީގައި ޢުމްރާ ވާން ބޭނުންވާ ފަރާތްތަކަށް ހޮޓަލުން ހަރަމަށް ގެންގޮސް ގެނެސް ދިނުމުގެ ހިދުމަތްވެސް ފަރީ ޢުމްރާ ގުރޫޕްއިން ލިބިގެން ދާނެއެވެ. މީގެ އިތުރުން އުމްރާވެރިން ތިބޭ ހޮޓަލަކީ ފަސޭކަމާއެކު ހިނގާލާފައި މިސްކިތަށް ދެވޭ ކައިރި ހޮޓަލެއްކަން ފާހަގަ ކޮށްލެވެއެވެ. ހަމައެހެންމެ ސިއްހީ އެހީތެރިން އަބަދުވެސް ހިދުމަތުގައި ތިބޭނެއެވެ. އަދި ދަތުރަށް ފުރުމުގެ ކުރިން ހޭލުންތެރިކަން އިތުރު ކުރުމަށް ސިލްސިލާ އޮންލައިން ބައްދަލުވުންތައް ވެސް ކުރިއަށް ގެންދާނެ ކަމަށް އެ ގްރޫޕުން މައުލޫމާތު ދީފައިވެއެވެ.  މި އޮންލައިން މީޓިންތަކުގައި ދަތުރުގެ އެކި ކަންކަންމާ ބެހޭ މައުލޫމާތު ލިބިގެން ދާނެއެވެ، އަދި ބައިވެރިންނަސް ސުވަލުކުރުމުގެ ފުރުސަތުވެސް ލިބިގެން ދާނެއެވެ.އެހެންކަމުން މިއީ ފަރީ މިސްއާއެކު އުމްރާއަށް ދާން ބޭނުންވާ އުމްރާވެރިންނަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ.

300 × 250
fara

ފަރީ ޙައްޖު އެންޑް ޢުމްރާ ގްރޫޕް- ޢުމްރާ ގްރޫޕްއަކީ ދިވެހިންގެ އިތުބާރާއި ޔަޤީންކަން ހޯދާފައިވާ ގުރޫޕެކެވެ----ފޮޓޯ: ފަރީ ހައްޖުއުމްރާގްރޫޕް 2026 ވަނަ އަހަރަށް ހާއްސަ ކުރެވިގެން ދަތުރުތައްވަނީ ރާވާލެވިފައެވެ. ދަތުރު ތަކުގެ ތަފްސީލްތަކަށް:

  • ރަމަޟާން އުމްރާ 30 ދުވަސް 6 ރޯދަ އާއެކު: -/ 49500ރ
  • ރަމަޟާން އުމްރާ ފަހު15 ދުވަސް 6 ރޯދަ އާއެކު: -/ 44500ރ
  • ހައްޖު ފަހުން ކުރާ ޢުމްރާ (16 ޖޫން -30 ޖޫން 2026): : -/28،990 ރ
  • ސްކޫލް ފުރަތަމަ ޗުއްޓީ ޢުމްރާ  ( 17ޖުލައި - 31 ޖުލައި 2026) : -/28،990 ރ
  • މިޑްބްރޭކް ޢުމްރާ  (13 ސެޕްޓެމްބަރ 2026 - 27 ސެޕްޓެމްބަރ 2026) : -/28،990 ރ
  • ބޮޑު ޗުއްޓީ ޢުމްރާ  -/28،990 ރ

ކޮންމެ ދަތުރެއްގައި ބައިވެރިވުމަށްވެސް ފައިސާ ދެއްކުމުގައި ލުއިފަސޭހަ ގޮތްތަކެއްވަނީ ހަމަޖައްސާފައެވެ. އެގޮތުން ކޮންމެ މަހަކުވެސް ކުޑަ ފައިސާކޮޅެއް ދައްކާލައިގެން ފައިސާ ހަމަވީމަ ބޭނުންވާ ދަތުރެއްގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމުގައި ފަރީމިސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ފަރީމިސް ގެ ޓީމާއެކު މަސައްކަތް ކުރުމަށް ޝައުގުވެރިވާ ބޭފުޅުންނަށްވެސް އެފުރުސަތު އޮތީ ފަހިވެފައިކަންވެސް ވަނީ ވިދާޅުވެފައެވެ. މިއަހަރުގެ އެންމެ ފަހު ދަތުރު (ޑިސެމްބަރ ސްކޫލް ޗުއްޓީ އުމްރާ 2025) ގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާވެލިފައެވެ. އެގްރޫޕްގެ ވެރިޔާ ފަރީދާ ހަސަން ވިދާޅުވީ ދުނިޔޭގެ ކޮންމެތާކު ހުރެގެންވެސް ފަސޭހަކަމާއެކު ރެޖިސްޓްރީ ކޮށްލެވޭނެއެވެ. އެގޮތުން ގޫގޫލް ފޯމް  ފުރާލައިގެން ބޭނުންވާ ދަތުރެއްގައި ބައިވެރިވެވޭނެއެވެ. މި ފޯމް ފޭސްބުކް ޕޭޖް  އަދި 9110909 އަށް ގުޅާލައިގެންވެސް ލިބެން ހުންނާނެކަން ފާހަގަކޮށްލެވެއެވެ. ވޭތުވެދިޔަ އަހަރުވެސް ވަރަށް ކާމިޔާބު ދަތުރުތަކެއް ވަނީ ފަރީމިސްއާއެކު ކޮށްފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި