1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

"ޖެނަރޭޝަން ބޭން" ތެލެތޯން ފަށައިފި

original_1761908969139
ޖެނަރޭޝަން ބޭން ތެލެތޯންގެ ތެރެއިން... ފޮޓޯ: ވޮއިސް
އާމިނަތު ޝަޒްލާ
233ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދިވެހި މުޖުތަމައު ދުންފަތުގެ ނުރައްކާތެރި ވަބާއިން ސަލާމަތްކުރުމަށް ސަރުކާރުން އަޅާފައިވާ "ޖެނަރޭޝަނަލް ބޭން"އާ ގުޅިގެން ބާއްވާ ޚާއްސަ ޓެލަތޯން ފަށައިފިއެވެ.

މި ޓެލަތޯން ފެށައިފައިވަނީ މިއަދު ހަވީރު 3:45 ގައެވެ. މި ޓެލެތޯނު މިރޭވެސް ކުރިއަށް ދާއިރު ޓެލަތޯން ނިންމާލުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 12 ޖަހާއިރުގައެވެ.

1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ މީހުން މާދަމާއިން ފެށިގެން ދުންފަތުގެ އިސްތިޢުމާލުކުރުން މަނާވާތީ އެކަމަށް ޚާއްސަކޮށްގެން ރާއްޖޭގެ އެކި މީޑިއާތައް ގުޅިގެން ކުރިއަށްގެންދާ ޓެލަތޯންއެކެވެ.

300 × 250

މި ތެލެތޯން ދައުލަތުގެ މީޑިއާގެ އިތުރުން ރާއްޖޭގެ ގިނަ މީޑިއާތަކުން ފޮނުވަމުންދާއިރު، ތެލެތޯންގައި ކަމާބެހޭ އިދާރާގެ ފަންނީ ބޭފުޅުން ތެލެތޯނަށް އަރައި މައުލޫމާތު ދިނުން ކުރިއަށްދާނެއެވެ. މީގެ ތެރޭގައި ސިއްހީގޮތުން ދުންފަތުން ލިބޭ ގެއްލުންތައް ކަމާގުޅޭ ޑޮކްޓަރުންގެ ފަރާތުންނާއި، އަދި ދީނީގޮތުންނާއި އިޖުތިމާއީ ގޮތުންވެސް މައުލޫމާތު ގެނެސްދޭނެއެވެ.

މި ޓެލަތޯންގެ ތެރެއިން ދުންފަތް މަނާކުރުމުގެ ޤާނޫނަށް އަމަލުކުރަން ފެށުން ފާހަގަކުރަން ބާއްވާ 24 ގަޑިއިރުގެ ދުވުމާ ގުޅޭ މަޢުލޫމާތުތައްވެސް ގެނެސްދޭނެއެވެ. އެކުވެނި ޓްރެކްގައި ބާއްވާ ދުވުން ފަށާނީ މިއަދު ހަވީރު 4 ޖަހާއިރުގައެވެ. އަދި ދުވުން ނިންމާލަން ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު 4 ޖަހާއިރުގައެވެ.

އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި މި ބިލު ޤާނޫނަކަށްވުމުން 1 ޖެނުއަރީ 2007އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލުކޮށްގެން ނުވާނެއެވެ. އަދި އެއުމުރުގެ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމަކީވެސް މަނާކަމެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި