މިސަރުކާރަށް 3 އަހަރު ފުރިގެން ދިޔައިރު، އެއްވެސް ކަމެއް އިސްލާހުނުވާ ކަމަށާއި، މިސަރުކާރުން އެއްވެސް ކަމެއް ހުއްޓުވިފައިނެތް ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިސަރުކާރަށް 3 އަހަރު ގުނަމުންދާއިރު، މީހުން މެރުން ނުހުއްޓުވޭ ކަމަށާއި، ރަހީނުކުރުން ނުހުއްޓުވޭ ކަމަށެވެ. އަދި ވައްކަން ކުރުން ހުއްޓުވިފައިނުވާ ކަމަށާއި، މަސްތުވާތަކެތި ހުއްޓުވިފައި ނުވާ ކަމަށެވެ.
https://twitter.com/maleehjamal/status/1461229089755303936
އޭގެ އިތުރުން މަލީހް ބުނެފައިވަނީ، މިސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވިފައިނުވާ ކަމަށާއި ތޮއްޖެހުން ހުއްޓުވިފައިނުވާ ކަމަށެވެ. އަދި ބޭސް ސިޓީއަށް ސަލާންޖެހުން ހުއްޓުވިފައިނުވާއިރު، ސިޔާސީ ދައުވާކުރުން ވެސް ހުއްޓުވިފައިނުވާ ކަމަށެވެ.
މަލީހް މިހެން ވިދާޅުވެފައިވާއިރު، އިއްޔެ އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން 3 އަހަރު ފުރުނު ދުވަހެެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.