ފުވައްމުލަކުގައި ތަރައްޤީކުރާ ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ އައު އިމާރާތާއި، ކުނި މެނޭޖްކުރާ ސެންޓަރުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި ދެ މަޝްރޫޢުގެ މަސައްކަތް ފެށުމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަތޮޅުތައުލީމީ މަރުކަޒުގެ އައު އިމާރާތާއި، ކުނި މެނޭޖުކުރާ ސެންޓަރުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުތަކުގައި، މި ދެ މަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރުއެވެ. މި މަސައްކަތްތައް ފެށުމަކީ ފުވައްމުލަކު ސިޓީގެ ތަޢުލީމީ އަދި ތިމާވެށީގެ ދާއިރާއަށް ލިބިގެންދާނެ މުހިންމު ކުރިއެރުމެކެވެ. ފުވައްމުލަކު ސިޓީގައި ހުންނަ އަތޮޅު ތަޢުލީީމީ މަރުކަޒުގައި އިމާރާތްކުރާ އައު އިމާރާތަކީ 5 ފަންގިފިލާގެ ބޮޑު އިމާރާތެކެވެ. މިއީ ސްކޫލުގެ ޖާގައިގެ ދަތިކަން ޙައްލުކޮށް، ދަރިވަރުންނަށް އިތުރު ފަސޭހަތަކެއް ގެނެސްދޭނެ މަޝްރޫޢެކެވެ. އަދި ފުވައްމުލަކު ސިޓީގެ ކުނި މެނޭޖްކުރާ ސެންޓަރުގެ މަސައްކަތް ކުރުމަށް ޙަވާލުކޮށްފައިވަނީ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާއެވެ. މި ސެންޓަރުގެ ސަބަބުން ސިޓީގެ ކުނި މެނޭޖްކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެއެވެ. 
ފުވައްމުލައްސިޓީ ތަޢުލީމީ މަރުކަޒުގެ އައު އިމާރާތާއި ކުނި މެނޭޖު ކުރާ ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި
300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.