އައްޑޫ ސިޓީގެ ފޭދޫގައި 500 މީހުންގެ ޖާގައިގެ ބޮޑު މިސްކިތެއް ގާއިމުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫއުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.
މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. މި ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހްގެ އިތުރުން ފޭދޫ ދާއިރާގެ މެންބަރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި މިސްކިތް އެޅުމުގެ މަސައްކަތް ފެށުމަކީ ފޭދޫގެ ރައްޔިތުންނަށް ދީނީ ޚިދުމަތްތައް ފުޅާކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ފޭދޫއަކީ އައްޑޫގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އަވަށެވެ. މިހާރު އެ އަވަށުގައި 7 މިސްކިތް ހުރިއިރު، އާބާދީގެ ބޮޑުކަމަށް ބަލާއިރު އިތުރު މިސްކިތެއްގެ ބޭނުން ބޮޑެވެ. އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މީގެ ކުރިން ހާމަކުރައްވާފައިވާ ގޮތުގައި، ރަށްރަށުގައި އަލަށް ބިނާކުރާ މިސްކިތްތަކުގައި ކުލާސްރޫމްތަކާއި ލައިބްރަރީތައް ހިމެނޭނެއެވެ. އަދި މި މިސްކިތްތަކުގައި އޭސީ ހަރުކޮށް ސޯލާ ބޭނުންކުރެވޭނެ ގޮތަށް ހަދާނެއެވެ.
މި މަޝްރޫޢުގެ އިތުރުން، އައްޑޫގެ 18 މިސްކިތް ސޯލާ ކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ބަޔަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާން ފަށާފައެވެ. މިގޮތުން، ވަޒީރު ޝަހީމް ވަނީ އައްޑޫ މަރަދޫގައި ގާއިމުކުރާ މިސްކިތުގެ މަސައްކަތް ވެސް މިހާރު ނިމުމަކާ ގާތްވެފައިވާކަން ފާހަގަކުރައްވާފައެވެ. މިއީ އައްޑޫގައި ދީނީ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަސައްކަތްތަކެކެވެ.
ފޭދޫގައި މިހާރު ހުރި ގިނަ މިސްކިތްތަކަކީ އަމިއްލަ ފަރާތްތަކުން ބިނާކޮށްފައިވާ މިސްކިތްތަކެވެ. އެގޮތުން، އެންމެ ފަހުން ހުޅުވުނު މިސްކިތަކީ ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުނި ހެޕީ މާކެޓްގެ ވެރިޔާ އަދި ފޭދޫއަށް ނިސްބަތްވާ މުހައްމަދު ނައީމު ބިނާކުރެއްވި

