1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ފެންޑާ

ހުސްހަށިބައި މީހުންނާއި މި ސުވާލުތައް ނުކުރާތި!

chat
ހުވަދޫ ނިއުސް ޓީމް
1,216ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހުސްހަށިބައިކޮށް ނުވަތަ ޒުވާނުންނާ ރައްޓެހި ބަހުން ނަމަ ސިންގަލްކޮށް ހުރުމަކީ ތިޔަ ހީކުރާހާ އުނގަދޫ ކަމެއް ވެސް ނޫނެވެ. އެއީ އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން ފައިދާ ވެސް ވާ ކަމެކެވެ. މިސާލަކަށް އަމިއްލައަށް ކަންކަމުގައި ގޮތް ނިންމުން، ކެރިއަރަށް ވަގުތު ދިނުން، ދަތުރު ކުރުން އަދި ހުރިތަނުގައި ހުރެގެން ނެޓްފްލިކްސް ސީރީޒް އެއް ބަލާ ނިންމާލުމަކީ ވެސް ސިންގަލްކޮށް ހުންނަ އިރު ފަސޭހަ ކަންތަކެވެ. އެހެން ނަމަވެސް ސިންގަލްކޮށް ހުންނައިރު ވަރަށް ރުޅި އަންނަ ނުވަތަ ބައެއް ފަހަރު ވަރަށް ދެރަވާ ޒާތުގެ ބަސްތައް އިވޭނެ އެވެ. އަދި ތިމާއަކީ ސިންގަލް މީހެއް ނޫންނަމަ ތިމާގެ ސިންގަލް ރައްޓެހިންނާ ކުރެވޭ ސުވާލުތަކުން ނުވަތަ ދެކެވޭ ވާހަކައަކުން އަނެކާ ދެރަ ވެސް ވެދާނެ އެވެ. ނުވަތަ ހިތްހަމަ ނުޖެހިދާނެ އެވެ. މިފަހަރު މި ބަލާލަނީ ކޮންމެ ހާލަތެއްގައި ވިޔަސް ސިންގަލް މީހުންނާ ދައްކައިގެން ނުވާނެ ވާހަކަތަކެވެ.

ކޮބާ ދެން މީހަކާ އިންނަނީ ކޮންއިރަކު؟

މިއީ ސިންގަލް ރައްޓެހިންނާ ވަރަށް ގިނައިން ކުރެވޭ ސުވާލެކެވެ. މި ސުވާލުން ދޭހަ ކޮށްދެނީ ހުސްހަށިބައިކޮށް ހުރުމަށް ވުރެ މީހަކާ އިނުން މާބޮޑަށް ރަނގަޅުކަމެވެ. ނަމަވެސް ވިސްނާލަން ޖެހޭ ކަމަކީ ބައެއް މީހުން ސިންގަލްކޮށް ތިބެނީ އެމީހުން ހަގީގަތުގައި ވެސް ސިންގަލްކޮށް ތިބެން ބޭނުންވާތީ އެވެ. ތިމާ މީހަކާ އިނދެގެން އުޅުމަކީ އަދި އެހެން އެންމެން މީހުންނާ އިންނަވީ ކަމެއް ނޫނެވެ. އެކި މީހުން ހާލަތު ތަފާތުވާނެ އެވެ. އެކަމަށް އިހުތިރާމު ކުރާށެވެ. މީހަކާ އިންނަނީ ކޮން ދުވަހަކު ހެއްޔޭ އެހުމުގެ ބަދަލުގައި ކުރިއަށް އޮތް ޕްލޭންތަކަކީ ކޮބާ ހެއްޔޭ އެހިދާނެ އެވެ. އޭރު އެ ޕްލޭންތަކާއެކު ކައިވެނީގެ ޕްލޭން ވެސް ހިއްސާކޮށްފާނެ އެވެ.

300 × 250

"ތި ބޭނުންވާ ވައްތަރުގެ މީހެއް ނުލިބޭނެ"

ތިބާ އިންނަ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ސިފަތަކާއި މެދު ތިބާ ނުވިސްނިޔަސް އެހެން މީހުން އެމީހުން ބޭނުންވާ ސިފައެއްގެ މީހުން ހޯދުމުގައި ވަރަށް "ޗޫޒީ" ވެދާނެ އެވެ. އެއީ އޭނާގެ ދިރިއުޅުމެވެ. އޭނާ ބޭނުންވާ ގޮތެވެ. އިންނަން އަހާ ކޮންމެ މީހަކަށް އާނ ބަސް ބުނާކަށް ނުޖެހެ އެވެ. އެމީހަކު އިންނަން ވާނީ އެމީހަކު ބޭނުންވާ ސިފަތަކެއް ހުރި މީހަކާ އެވެ. އެހެން ކަމުން އެ ބޭނުންވާ ސިފަތަކެއްގެ ވެރިޔަކު ނުލިބޭނެއޭ ބުނުމުގެ ބަދަލުގައި "ބައިވެރިޔާގެ ކިބައިގައި ހުންނަން ބޭނުންވާ ސިފަތައް އެނގުމަކީ ރަނގަޅުކަމެއް ކަމަށް" ބުނުން މާ ރަނގަޅުވާނެ އެވެ.

"ކަންބޮޑު ނުވޭ، ވަގުތު އައިސް ޖެހުމުން ހުރިހާ ކަމެއްވެސް ރަނގަޅުވާނެ"

ނުވެސް އެނގި ހުއްޓާ ވައިރޯޅިއެއް ޖެހިލާފައި ކުރިމައްޗަށް އެންމެ ފުރިހަމަ ބައިވެރިޔާ އަންނާނީ ފިލްމުތަކުގައި އެކަންޏެވެ. އަދި ރަނގަޅު ވަގުތު އައިސް ޖެހުމުން ހުރިހާ ކަމެއް ރަނގަޅުވާނެ އޭ ބުނުމަކީ ވެސް އެއްވެސް މާނައެއް ދޭހަވާ ކަމެއް ނޫނެވެ. މިބުނާ "ރަނގަޅު ވަގުތަކީ" ކޮބާ ހެއްޔެވެ؟ "ރަނގަޅު މީހާ" އަކީ ކޮބާ ހެއްޔެވެ؟ ސިންގަލް ރައްޓެހިން ކައިރީގައި މިހެން ބުނެ އެމީހުންގެ އެކަނިވެރިކަން އިހުސާސުކޮށް ނުދީ އެމީހުން ވަކި ފަރުދެއްގެ ގޮތުގައި ސެލެބްރޭޓް ކުރާށެވެ. އެމީހުންގެ ތަފާތުކަން އިހުސާސް ކޮށްދޭށެވެ. ސިންގަލްކޮށް ހުރުމަކީ އޭނާ ނުކުޅެދުންތެރިޔަކަށް ހަދާލާ ކަމެއް ނޫނެވެ.

"އަހަރެންގެ ރައްޓެއްސެއް ވެސް ހުންނާނެ ސިންގަލްކޮށް..."

ދެ މީހަކު ސިންގަލްކޮށް ތިބުމަކީ އަދި އެ ދެ މީހުން ލޯބީގެ ގޮތުން ގުޅެންވީ ވަރުގެ ކަމެއް ނޫނެވެ. އާންމުކޮށް މިހެން ބުނާ މީހުން މިހެން ބުނަނީ ގޯސް ނިޔަތެއް އޮވެގެނެއް ނޫނެވެ. އެހެން ނަމަވެސް އަނެކާއަށް އެކަން ގޯސްކޮށް މާނަކުރެވިދާނެ އެވެ. ބައެއް ފަހަރު ސިންގަލް ކޮށް ހުންނަ މީހާ އަވަސް އަރުވާލައިގެން މީހުންނާ ބައްދަލުކޮށް ހަދަން ބޭނުމެއް ވެސް ނުވާނެ އެވެ. އެހެން ކަމުން އެކަހަލަ ކަމެއް ކުރުމުގެ ކުރިން އެ މީހަކީ ތިމަންނަގެ ރައްޓެއްސެއްކަމާއި އެމީހާ އާ ބައްދަލުކޮށްލަން ބޭނުންވާ ނަމަ އެ ފުރުސަތު ހަމަޖައްސަން ތޯ ރަހުމަތްތެރިޔާ ކުރެން އަހާލަން ވާނެ އެވެ.

300 × 250

"ތި ހިތް ހަލާކުކޮށްލީ ކާކު؟"

ބައެއް މީހުންނަށް ހީވެފައި އޮންނަނީ ސިންގަލް މީހުންނަކީ ބޮޑު ހިތާމައެއް ކުރާ ބައެއް ކަމަށެވެ. ކޮންމެހެން އެހެން ވާކަށް ނުޖެހެ އެވެ. ފަހަރެއްގައި އޭނާ ސިންގަލްކޮށް އެހެރީ އެހެން މީހެއްގެ ހިތް ހަލާކުކޮށްފައި ކަމަށްވެސް ވެދާނެ ނޫން ހެއްޔެވެ؟

"ސިންގަލްކޮށް ތި ހުންނަނީ ކީއްވެ؟"

ކިތަންމެ ރަނގަޅު ނިޔަތަކާއި އެކު ބުންޏަސް އަނެކާއަށް މިއީ ބަލައިގަންނަށް ފަސޭހަ ސުވާލަކަށް ނުވެދާނެ އެވެ. ފުރަތަމަ ސަބަބަކީ އެއްވެސް ކަމަކާ ނުލައި މީހަކު އަމިއްލަ އަށް ބޭނުންވެގެން ސިންގަލްކޮށް ވެސް ނުހުންނާނެ ކަމެވެ. ދެވަނަ ކަމަކީ އެ ސުވާލު އަމާޒުކުރެވޭ މީހާ ސިންގަލް ކޮށް ހުންނަނީ އެނާގެ ހުންނަ ކޮންމެހެން މައްސަލައަކާއި ހެދި ކަން އޭނާއަށް އިހުސާސުވުމެވެ. ގިނަ ފަހަރަށް ސިންގަލްކޮށް ހުންނަނީ ކީއްވެ ކަން އެމީހުން އަމިއްލައަށް ބުނެދޭން ނޭނގިދާނެ އެވެ. އަބަދުވެސް މީހުންނާ ވާހަކަ ދައްކާއިރު އިހުތިރާމު ކުރާށެވެ. ތިމާއަށް ދެއްކޭ ވާހަކައަކުން އަނެކާއަށް އުނދަގޫވާކަން އިހުސާސްވާ ނަމަ އެވާހަކަ ދެއްކުން ހުއްޓާލާފައި މައާފަށް ވެސް އެދޭށެވެ. އެހެން މީހުންނާ ދޭތެރޭ ކަންތައް ކުރަންވާނީ ތިމާ އާއި ދޭތެރޭ ވެސް މީހުން ކަންތައް ކުރަން އެދޭ ގޮތަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި