ޚަބަރު
ނިމިދިޔަ ސަރުކާރުން ބަނގުރޫޓު ކުރުމަށް ޑިޒައިން ކުރި އިގްތިސާދު ނަގާ ކޮޅަށް ޖަހައިފިން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ކުރީގެ އެމްޑީޕީ ސަރުކާރުން ރާއްޖެ ބަނގުރޫޓުކުރުމަށް ޑިޒައިންކޮށްފައި އޮތް އިގްތިސާދު ނަގާ ކޮޅަށް ޖަހާފައިވާ ކަމަށާއި، ރާއްޖޭގެ އިގްތިސާދު މިހާރު ވަރަށް ރަނގަޅު މިސްރާބަކަށް ގެންދެވިފައިވާ ކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވީ 206 މަޝްރޫއެއްގެ އަމިއްލަ ކުންފުނިތަކާ ހަވާލުކުރުމަށް ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރާ ރާއްޖޭގެ އިގްތިސާދު ހަވާލުވިއިރު އޮތީ ފުން އަނދަވަޅަކަށް ވައްޓާލާފައި، ޑީފޯލްޓް ކުރުމަށް ޑިޒައިންކޮށްފައިވާ ހާލަތެއްގައި ކަމަށެވެ. އެހެންނަމަވެސް، ވަރަށް ގިނަ ފަރާތްތަކުގެ އެއްބާރުލުމާއެކު ސަރުކާރުގެ ތެރެއިން އެންމެން ވެގެން ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިހާރު އިގްތިސާދު ނަގާ ކޮޅަށް ޖެހިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އިގްތިސާދުގައި މި ބުންވަރު ނެތް ނަމަ، އަދި އިގްތިސާދާއި ސަރުކާރާއި މެދުގައި އަމިއްލަ ކުންފުނިތަކުގެ އިތުބާރު ނެތް ނަމަ މިހާ ހިސާބަށް ނުފޯރާނެއެވެ. އެހެންކަމުން، މި ކުރެވުނު މަސައްކަތުގެ ނަތީޖާއަކީ މިއަދު މި ޖަލްސާގައި ސޮއިކުރެވިގެން ދިޔަ 206 މަޝްރޫއު ކަމަށާއި، އިއްޔެ އާއި އޭގެ ކުރީ ދުވަހު ސޮއިކުރެވުނު މަޝްރޫއުތަކާއެކު ޖުމްލަ 216 މަޝްރޫއު ސޮއިކުރެވިގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ. މި މަޝްރޫއުތައް ހަވާލުކޮށްފައި ވަނީ 123 ރަށުގައި މަސައްކަތް ކުރުމަށް 53 ކުންފުންޏަކާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި މަސައްކަތްތަކުގެ ނަތީޖާއަކަށް ވާނީ ރާއްޖޭގެ އިގްތިސާދު ފުޅާވެ، އިގްތިސާދަށް ދިރުން އައުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށްވެސް ކުރިއެރުން ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި އެއްބަސްވުންތަކުގައި ސޮއިކުރެވިފައި ވަނީ މާލިއްޔަތު ގަވާއިދުގައި ބުނާ ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަކޮށް، ތިން އަހަރު ދުވަހުގެ އޮޑިޓެޑް ފައިނޭންޝިއަލް ސްޓޭޓްމެންޓްތައް ހުށަހަޅައިގެން ކަމަށެވެ. އަދި ބޭންކުން ބޭނުންވާ ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަ ނުކޮށް މި އެއްބަސްވުންތައް ސޮއިކުރުމާއި ހަމައަށް ގެނެވިފައި ނުވާނެ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން، މަސައްކަތާއި ހަވާލުވެފައި ވަނީ ވަރަށް ރަނގަޅަށް ހިންގަމުން އައިސްފައިވާ، ނަތީޖާ ރަނގަޅު، ރަނގަޅު މެނޭޖްމެންޓް ޓީމެއް އޮތް ކުންފުނިތަކުން ކަމަށް ރައީސް ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment