ޚަބަރު
ތާފާތު ދާއިރާތަކުން އިލްމީ މީހުން ބިނާކުރުމަށް އައިޔޫއެމްއިން ކުރައްވަނީ މުހިންމު މަސައްކަތްތަކެއް: ވަޒީރު

ރާއްޖެއަށް ތަފާތު ދާއިރާތަކުން ބޭނުންވެފައިވާ އިލްމީ މީހުން ބިނާކުރުމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައި.ޔޫ.އެމް) އިން ފާހަގަކޮށްލެވޭ މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އިއްޔެ އޮތް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މިއަހަރުގެ ދަސްވެނިވުމުގެ ދެވަނަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ޤައުމެއް ތަރައްޤީވެ ކުރިއަރައި ދިއުމުގައި މީހުން ބިނާކުރުމަށްވުރެ ވަކި މުހިންމު ކަމެއް ނޯންނާނެކަން ފާހަގަކުރައްވައި ވާހަކަފުޅުދައްކަވަމުން ވަޒީރު ނާޡިމް ވިދާޅުވީ، ރާއްޖެއަށް ޢިލްމީ މީހުން ބޭނުންވެފައިވާ ތަފާތު ދާއިރާތަކުން މީހުން ބިނާކުރުމަށް އައި.ޔޫ.އެމް.އިން ކުރައްވަނީ މުހިންމު މަސައްކަތްތަކެއް ކަމަށެވެ. ޚާއްސަކޮށް، އަދުގެ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް އަތޮޅުތަކުގައި އައި.ޔޫ.އެމް.ގެ ގޮފިތައް ޤާއިމްކޮށް، ރައްޔިތުންނަށް އިލްމު ފެތުރުމަށް ކުރައްވާ މަސައްކަތްތައް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ދަސްވެނިންނާ މުޚާތަބުކުރައްވަމުން ވަޒީރު ވިދާޅުވީ އިލްމު ހާސިލްކޮށްގެން ބަޔަކު ޤައުމީ ޚިދުމަތަށް ނުކުތުމަކީ ޤައުމުގެ ރައުސުލްމާލަށް އިތުރުވެގެންދާ ވަރަށްވެސް މުހިންމު އިތުރުވުމެއް ކަމަށެވެ. ލިބޭ ކޮންމެ ޢިލްމަކާއެކު ޒިންމާތަކެއް އުފަންވާއިރު، ޢިލްމު ހޯދައިގެން ޤައުމަށް ޚިދުމަތްކުރަން ލިބޭ ފުރުސަތަށްވުރެ ވަކި އުފާވެރި ފުރުޞަތެއް ޙަޔާތުގަ ނާންނާނެކަން ދަސްވެރިން ހަނދާނުގައި ބަހައްޓަންވާނެކަމަށް ވަޒީރު ނާޡިމް އިރުޝާދު ދެއްވިއެވެ.

“އަބަދުވެސް ހަނދާންކުރަންވީ ތިބޭފުޅުންގެ ހަޔާތުގެ ކާމިޔާބީއަކީ، މި ޤައުމުގެ ހަޔާތުގެ ކާމިޔާބީގެ ވަރަށް މުހިންމު ބައެއް. އެހެނީ މުޅި ޤައުމުގެ ކާމިޔާބީއަކީ މުޅި ޤައުމުގެ ވަކިވަކި ފަރުދުންގެ ކާމިޔާބީ އެކުވެގެން އަންނަ އެއްޗެއް. ޤައުމެއްގެ އުފެއްދުންތެރިކަމަށް ބެލިޔަސް މިކަން އޮތީ މިގޮތަށް. ވަކިވަކި ފަރުދުންގެ އުފެއްދުންތެރިކަން ފުޅާވެ ކުރިއަރާދިޔަ މިންވަރަކުން ޤައުމުގެ އުފެއްދުންތެރިކަން ކުރިއަރައިގެންދާނެ” ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވިއެވެ.

ޤައުމުގެ ކުރިއެރުމާއި ތަރައްޤީގައި އެންމެންގެ ބައިވެރިވުން މުހިންމުކަމަށާއި، ޤައުމެއްގެ ގޮތުގައި ތަރައްޤީވާން ކުރާ މަސައްކަތުގައި އެ ނަތީޖާ ހާސިލްކުރުމަށް ކޮންމެ މީހެއްގެ ހަޔާތަކީ ފުދުންތެރި އުފެއްދުންތެރި ހަޔާތަކަށް ހަދަންޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ކޮންމެ މީހެއްގެ ހަޔާތަކީ ހިތްހަމަޖެހޭ އަދި އެހެންމީހުން ހިތްހަމަޖައްސައިދޭ ހަޔާތެއްކަމުގައި ހެދޭތޯ މަސައްކަތްކުރަންޖެހޭކަމަށާއި، ކޮންމެ މީހަކުވެސް ވިސްނާލުމަށް ވަގުތުކޮޅެއްނަމަވެސް ހޭދަވުމަކީ ދިރިއުޅުމުގެ ކަންކަން ރަނގަޅަށް ތަރުތީބުކޮށް ކުރިއަށްގެންދިއުމަށް މުހިންމު ކަމެއްކަމުގައި ދެކިވަޑައިގަންނަވާކަމަށް ވަޒީރު ނާޡިމް ވިދާޅުވިއެވެ.

ޢިލްމު ހާސިލްކޮށްގެން ވަޒީފާގެ މާހައުލަށް ނިކުމެ އެހެން މީހުންނާއެކު މަސައްކަތްކުރާއިރު، ކަނޑައެޅިފައިވާ އުޞޫލުތަކާއެއްގޮތަކަށް ކަންކަން ހިންގައި ކުރިއަށްދިއުމަށް އަބަދުވެސް ހަނދާންކުރުމަށް ވަޒީރު ނާޡިމް ވަނީ ދަސްވެނިންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ސެޝަންތަކަކަށް ބަހާލައިގެން މިހާރު ކުރިއަށްދާ އައި.ޔޫ.އެމް.ގެ މިއަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުތަކުގައި ޖުމަލް 2064 ދަރިވަރުން ދަސްވެނިވާނެއެވެ. އަދި އެންމެ މޮޅު ދަރިވަރުންނާއި އެކްސެލެންސް އެވޯޑް ހާސިލްކުރާ ދަރިވަރުންނަށް ދަނީ އެވޯޑް ދެމުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment