1280 × 720 (16:9)
ބުރާސްފަތި20 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ވިލިނގިލީ އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ

vikkk (1)
އުމުރުން 20 އަހަރުގެ ވިކާޝް އަހުމަދު
ފޮންޓް ސައިޒް
އާދައިގެ

ގއ. ވިލިނގިލީގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓެއްގައި ބޮޑެތި އަނިޔާ ލިބިފައިވާ ޒުވާނާ މާލޭގެ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު ނިޔާވެއްޖެއެވެ. ނިޔާވެފައި ވަނީ އުމުރުން 20 އަހަރުގެ ވިކާޝް އަހުމަދު ކިޔާ ޒުވާނެކެވެ.

ވިކާޝް ނިޔާވީ މިއަދު ހެނދުނު 7:30 އެހާކަންހާއިރު ކަމަށް އައިޖީއެމްއެޗް އިން ވަނީ މައުލޫމާތު ލިބިފައެވެ.

މި އެކްސިޑެންޓް ހިނގީ މިދިޔަ ހޯމަ ދުވަހުގެ ރޭގައެވެ. ވިކާޝްއަށް ލިބުނު ބޮޑެތި އަނިޔާތަކާ ގުޅިގެން އިތުރު ފަރުވާއަށް އޭނާ މާލެ ފޮނުވާލާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

300 × 250

ފުލުހުންގެ ފަރާތުން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ވިކާޝް އެކްސިޑެންޓްވީ އޭނާ ދުއްވި ސައިކަލުން ގެއެއްގެ ފާރެއްގައި ޖެހިގެންނެވެ. އަދި އޭނާ ވެއްޓިފައި އޮއްވާ ފެނިފައިވަނީ ރަށުތެރެ ޕެޓްރޯލްކުރަން އުޅުނު ފުލުހުންނަށް، އެ ރޭ މެންދަމު 1:30 ހާއިރުއެވެ. ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް އޭނާގެ ސިކުނޑިއަށް ވަރަށް ބޮޑަށް އަނިޔާވެފައި ހުރިކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ވިލިނގިލިން ލިބިފައިވާ މައުލޫމާތުތަކުން އެނގޭގޮތުގައި ވިކާޝްއަކީ މާލޭގައި ދިރިއުޅުނު ކުއްޖެކެވެ. ރަށަށް ބަދަލުވިތާ ގާތްގަނޑަކަށް ދެމަސްވެފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ވިލިނގިލިން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި، ވިކާޝްއަކީ ފިޓު ޖެހުމުގެ މައްސަލަ ދިމާވާ ޒުވާނެއްކަމަށާއި ސައިކަލް ދުއްވަމުން ދަނިކޮށް ފިޓު ޖެހުނީ ކަމަށް ބައެއް މީހުން ބުނަމުންދާ ކަމަށް ބައެއް މީހުން ބުނާއިރު އަނެއް ބަޔަކު ބުނަމުންދަނީ މާ ބާރަށް ސައިކަލް ދުއްވުމުގެ ސަބަބުން ކޮންޓްރޯލް ނުވެ ހިނގި އެކްސިޑެންޓެއް ކަމަށެވެ.

މި ޒުވާނާގެ މައްޗަށް ކަށުނަމާދު ކޮށް، މިއަދު މެންދުރު ނަމާދަށްފަހު ޒުވާނާ ވަނީ ވަޅުލައިފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި