1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ފެނުގެ މަތިން 'އުދުހޭ' ފެރީ ބޯޓުތަކެއް ރާއްޖެ ގެންނަނީ؛ އަންނަ އަހަރު ޚިދުމަތް ދޭން ފަށާނެ

cafa
ކެންޑެލާ ޕީ-ޓުވެލް, މޮޑެލްގެ ހައިޑްރޯފޮއިލް ބޯޓެއް
މަރްޔަމް ޝަފާ ސައީދު
362ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖެއަށް ފުރަތަމަ ފަހަރަށް ފެނުގެ "މަތިން ދުއްވާ" އިލެކްޓްރިކް ބޯޓުތަކެއް ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.

ސްވިޑެންގެ މަޝްހޫރު އިލެކްޓްރިކް ބޯޓު އުފައްދާ ކުންފުނި ކެންޑެލާ އިން ޑިޒައިންކޮށްފައިވާ ފެނުގެ "މަތިން ދުއްވާ" ހައިޑްރޯފޮއިލް ބޯޓުތަކެއް ރާއްޖެ ގެނައުމުގެ މަސައްކަތް ފަށައިފި އެވެ. މި ބޯޓުތަކަކީ ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާއަށް ތިމާވެއްޓާ ރައްޓެހި އަދި އަވަސް ހައްލެއް ގެނެސްދޭނެ ކަމަށް ބެލެވެ އެވެ.

އިލެކްޓްރިކް ވެހިކަލްތަކާ ގުޅޭ މައުލޫމާތު ގެނެސްދޭ "އިލެކްޓްރިވް" ވެބްސައިޓުގައި "ކެންޑެލާ ޕީ-ޓުވެލް" މޮޑެލްގެ 10 ބޯޓަށް ރާއްޖޭގެ ޓުއާ އޮޕަރޭޓަރު އީގޯ ޝަޓުލް އިން ވަނީ އޯޑަރު ދީފައިވާކަމަށާއި މި ބޯޓުތައް ރާއްޖެ ގެނެސް އަންނަ އަހަރުގެ ތެރޭގައި ޚިދުމަތް ދޭން ފަށާނެ ކަމަށްވެސް އެ ވެބްސައިޓުގައި ވަނީ ބުނެފައެވެ.

300 × 250

އޮޕަރޭޓްކުރާނެ މަގުތައް:
މި ބޯޓުތައް ދަތުރުކުރާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި މާލެ ކައިރި ރިސޯޓުތަކާ ދެމެދުގަ އެވެ. މީގެ ސަބަބުން އެއާޕޯޓާއި ރިސޯޓުތަކާ ދެމެދު ދަތުރުކުރާ ފަތުރުވެރިންނަށާއި ދިވެހިންނަށް ވެސް އަވަހާލާއި ރައްކާތެރި ދަތުރުތަކެއް ލިބިގެންދާނެ އެވެ.

ހައިޑްރޯފޮއިލް ޓެކްނޮލޮޖީގެ ފައިދާތައް:
ހައިޑްރޯފޮއިލް ޓެކްނޮލޮޖީގެ އެހީގައި ދުއްވާ މި ބޯޓުތައް ދުއްވަން ފަށާތާ މާގިނައިރުތަކެއް ނުވެ އޮންނާނީ ކަނޑުގެ ފެން ފަށަލައިގެ އެއް މީޓަރު އުހުގަ އެވެ. މި ބޯޓުތަކަކީ އާދައިގެ ސްޕީޑް ބޯޓުތަކަށް ވުރެ ބާރަށް ދުވާ އަދި ގުޑުން ވެސް ކުޑަ ބޯޓުތަކެކެވެ. އެހެންނަމަވެސް ވިއްސާރަ ދުވަސްތަކުގައި ނުވަތަ ކަނޑުގަދަ ދުވަސްތަކުގައި މިބޯޓުތައް ދަތުރަށް ނެރުމަކީ ރައްކާތެރިކަމެއް ނޫންކަމަށް ތަޖުރިބާ ކާރުން ބުނެއެވެ.

dasކެންޑެލާގެ ސީއީއޯ ވަނީ ޔޫޓިއުބްގައި މިބޯޓާ ބެހޭ ގޮތުން ކިޔައިދީފައި

މިއީ މި އުޅަނދުގަައި ބޭނުންކުރާ ޓެކްނޮލޮޖީގެ ސަބަބުން ހަކަތަ ބޭނުންކުރާ މިންވަރު 80 އިން ސައްތަ ކުޑަކޮށްދޭ ބޯޓަކަށް ވާއިރު ބެޓަރީގެ އެހީގައި ދުއްވާމި ބޯޓަކަށް ތެޔޮ އަޅާކަށް ނުޖެހޭ ކަމީވެސް މީގެ ހާއްސަ ސިފައެކެވެ.

ބޯޓުތަކުގެ ޚާއްސަ ސިފަތައް:
"ޕީ-ޓުވެލް" އަކީ 11.99 މީޓަރު ދިގު، 378 ކިލޯވޯޓުގެ ބެޓަރީއަކުން އޮޕަރޭޓްކުރާ ބޯޓެކެވެ. އޭގެ ކޮންމެ ބޯޓެއްގައި 30 ފަސިންޖަރުންނަށް ދަތުރުކުރެވޭނެ އެވެ. އޭސީކޮށްފައި ހުންނަ މި ބޯޓުތަކުގައި ވައިފައިގެ ހިދުމަތާއި އެންޓަޓެއިންމަންޓް ސްކްރީނާއި ޑިވައިސްތައް ޗާޖުކުރެވޭނެ އިންތިޒާމު ވެސް ހަމަޖައްސާފައި ހުރެ އެވެ.

ދުނިޔޭގެ ތަޖުރިބާ:
ސްޓޮކްހޯމްގައި މިހާރު ވެސް އާންމު ދަތުރުފަތުރުގައި "ޕީ-ޓުވެލް" ބޭނުން ކުރުމާއި އަދި އެމެރިކާގެ ލޭކް ޓަހޯގައި ވެސް ވަރަށް އަވަހަށް މީގެ ބޯޓެއް ދުއްވަން ފަށާނެ ކަމަށްވެއެވެ. އަދި އިންޑިއާ އާއި ތައިލެންޑުން ވެސް މިހާރު ވަނީ މި ބޯޓުތަކަށް އޯޑަރު ދީފައިވާއިރު މި ބޯޓުތަކުގެ ކާމިޔާބީއާއި އެހެން ގައުމުތަކުގައި ލިބިފައިވާ މަގުބޫލުކަން ހާމަވެގެންދެއެވެ.

ކެންޑެލާގެ ސީއީއޯ ޔޫޓިއުބްގައި ކިޔައިދީފައިވާ ވާހަކަތަކުން މިހުރިހާ މައުލޫމާތުތަކެއް ވަނީ ހާމަކޮށްދީފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި