1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އެންމެ މޮޅު ކޮޔޮޅަށްދޭ "ކެޔޮޅު" އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

gp01pjv
ފޮޓޯ: މަސްދޯންޏެއްގެ މަސްވެރިން މަސް ބާނަނީ
ޢަޒީޒާ އަފީފް
800ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މާލެ އަތޮޅުން އެންމެ ހުނަރުވެރި އަދި އެންމެ ތަޖުރިބާ ކެޔޮޅަށް ދޭ "ކެޔޮޅު" އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަދިވެސް އެބައޮތްކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ފާއިތުވީ އޮކްޓޫބަރ މަހު ކުރި އިއުލާނާއި ގުޅިގެން މިއެވޯޑަށް އެކަށީގެންވާ ވަރަށް މީހުން ކުރިމަތިލާފައި ނުވާކަމަށާއި މިހިނގާ ނޮވެމްބަރ މަހު 25 ގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.

މިއަހަރު މަސްވެރިންގެ ދުވަހުގައި ބާއްވަން ހަމަޖެހިފައިވާ މިއެވޯޑަށް އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެހެންނަމަވެސް އެމީހަކީ މިހާރުވެސް މަސްވެރިކަމުގައި އުޅޭ އިތުރު އެހެން މަސައްކަތެއް ނުކުރާ މީހަކަށް ވާންޖެހެއެވެ. މިޝަރުތު ހަމަވާނަމަ އެވޯޑަށް އެދި ހުށަހަޅާ ފޯމް މިނިސްޓްރީއަށް މެއިލްކޮށްދެއްވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

300 × 250

އެންމެ ހިދުމަތްތެރި ކެޔޮޅަކަށް ހޮވަނީ 35 އަހަރުން ދަށުގެ ކެޔޮޅުންނެވެ. އަދި އެންމެ ތަޖުރިބާކާރު ކެޔޮޅު ކަމަށް ހޮވާނީ 35 އަހަރުން މަތީގެ ކެޔޮޅުންނެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރަން ނިންމާފައި އޮތީ ކ.ގާފަރުގައެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި