ޚަބަރު
ފުވައްމުލައް ސިޓީއަށް ކުރިމަތިވި ފެން ތަޣައްޔަރުވުމުގެ މައްސަލަ ހައްލުކުރެވިއްޖެ

ފުވައްމުލައް ސިޓީއަށް ކުރިމަތިވި ފެން ތަޣައްޔަރުވުމުގެ މައްސަލަ މިހާރު ހައްލުކުރެވިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ ފެން ލީކްވުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފިއެވެ. ފެނުގެ ޚިދުމަތް މިއަދު އިރުއޮއްސުމާ ހަމައަށް ފުވައްމުލަކަށް އަލުން ދޭން ފަށާނެ ކަމަށްވެސް ފެނަކަ ކޯޕަރޭޝަނުން ވަނީ ހާމަކޮށްފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާހު ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ފުވައްމުލަކަށް ފެނުގެ މައްސަލަ ކުރިމަތިވީ ފެނުގައި ތަޣައްޔަރުކަމެއް ހުރުމުން ކަމަށެވެ. މިމައްސަލަ ހައްލުކުރުމަށް މުޅި ޕްލާންޓް ފްލަޝްކޮށް، ސާފުކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. ނަޖާހު ވިދާޅުވި ގޮތުގައި މައްސަލަ ހައްލުކޮށް، ފެން އުފެއްދުމުގެ މަސައްކަތްވެސް މިހާރު ވަނީ ނިމިފައެވެ.

ނަމަވެސް އަދި ފެން ދޫނުކުރެވޭ ސަބަބަކީ ފެން ދޫކުރުމުގެ ކުރިން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ހިމެނޭހެން ހަދާ ބައެއް ތަޙުލީލުތައް ކުރިއަށްދާތީ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ޕްލާންޓްގެ ނެޓްވޯކްގައި ފެން ލީކްވުމުގެ މައްސަލައެއް އުޅޭތީ އެކަން ހައްލުކުރުމުގެ މަސައްކަތްތައްވެސް މިހާރު ކުރިއަށްދާ ކަމަށް ނަޖާހު ފާހަގަކުރެއްވިއެވެ. އެހެންކަމުން ފެނުގެ ތަޙުލީލުތަކުގެ ނަތީޖާ ލިބި އަދި ލީކޭޖްގެ މައްސަލަ ހައްލުވެ، މިއަދު އިރުއޮއްސުމާ ހަމައަށް ފެނުގެ ޚިދުމަތް އަލުން ގުޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވިއެވެ.

މި މައްސަލަ ވަރަށް ގާތުން ބަލާ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރީއްޔާގެ އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު އިއްޔެ ވިދާޅުވިއެވެ. އަދި އެރަށަށް ބޯފެން ފޯރުވައިދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެގޮތުން އިއްޔެ މެންދުރާ ހަމައަށް 2000އަށްވުރެ ގިނަ ފެން ކޭސް އެމްއެންޑީއެފް މެދުވެރިކޮށް ފުވައްމުލައް ސިޓީއަށް ފޮނުވާފައިވާ ކަމަށް ހީނާ ވަލީދު އިއްޔެ ވަނީ މައުލޫމާތު ދެއްވާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment