މަގުމަތިން ކުޑަކުއްޖަކަށް ޖިންސީ ގުނަވަން ދެއްކި މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަގުމަތިން ކުޑަ ކުއްޖަކަށް ޖިންސީ ގުނަވަން ދެއްކި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ފިރިހެނެއް ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި މަޖީދީ މަގުން ކަމަށާއި، އެ މީހާ ފުލުހުންނާ ހަވާލުކޮށްފައިވަނީ އާންމުންގެ ބަޔެކެވެ.
މިމައްސަލަ އާއި ގުޅޭ ގޮތުން އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
މިފަހަކުން އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.