1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ހެލްތު އެކްސްޕޯ އަށް ބޮޑު ތަރުޙީބެއް; މިއަދަކީ ފަހު ދުވަސް

236
ހެލްތު އެކްސްޕޯ އަށް ބޮޑު ތަރުޙީބެއް; މިއަދަކީ ފަހު ދުވަސް
ޝަފްޢަތު ، ހުވަދޫ މީޑީއާ
175ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދާ "ހެލްތު އެކްސްޕޯ 2025" އަށް ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި އާންމުންގެ ބޮޑު ތަރުޙީބެއް އަންނަނީ ލިބެމުންނެވެ.

"ހެލްތު އެކްސްޕޯ 2025"އަކީ ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، ޞިއްޙީގޮތުން ދުޅަހެޔޮ އާދަތަކަށް ހޭލުންތެރިކުރުމާގުޅޭ މުހިންމު މައުލޫމާތުތަކެއް ހިއްސާކުރުމަށް ސިއްޙީ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދާ އެކްސްޕޯއެކެވެ.

"ދުޅަހެޔޮ ޖީލަކަށް އެންމެން އެކުގައި" މި ޝިއާރުގެ ދަށުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ މި އެކްސްޕޯގައި މާލޭ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި، ކްލިނިކްތަކާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމްޢިއްޔާތަކުން ބައިވެރިވެފައިވެއެވެ.

300 × 250

މިއަހަރުގެ މި އެކްސްޕޯގައި 50 އަށްވުރެ ގިނަ ފަރާތަކުން ބައިވެރިވެފައިވާކަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ. އަދި އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ ހެލްތް އެކްސްޕޯގައި މާލޭގެ އިތުރުން އަތޮޅުތަކުގެ ހޮސްޕިޓަލްތަކުންވެސް ބައިވެރިވެފައިވާކަން ސިއްޙީ ވުޒާރާއިން ފާހަގަކުރައްވައެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ ހެލްތް އެކްސްޕޯގެ ތެރެއިން ޞިއްޙީ ދާއިރާގެ މަސައްކަތްތަކާގުޅޭ މައުލޫމާތުތަކާއި، މި ދާއިރާއިން ތައުލީމް ހާސިލް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ހުރި ފުރުސަތުތަކާއި، ޑޮކްޓަރަށް ދެއްކުމާއި، ހެލްތު ސްކްރީނިންގއާއި އެކި އެކި ބަލި ބައްޔާގުޅޭ މައުލޫމާތުތަކާއި، އިރުޝާދުތައް ދިނުމުގެ އިތުރުން ހެލިފެލިވެ އުޅުމުގެ އެކި ހަރަކާތްތައް ކުރިއަށްދިއުމަށް ވަނީ ހަަމަޖެހިފައެވެ.

ހެލްތު އެކްސްޕޯ 2025" ކުރިއަށްދާނީ މިމަހުގެ 13، 15 އަދި 16 ވަނަ ދުވަހުއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި