1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ދެމަފިރިންގެ ތެރެއިން އެކަކަށް ފުލެޓެއް ލިބިފައިވާނަމަ އަނެކަކަށް އައު ސްކީމްތަކަށް ކުރިމަތި ނުލެވޭނެ

20250425_150843
ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު އިފުތިތާހުކުރުން-ފޮޓޯ" ޝަފާ/ހުވަދޫމީޑިއާ
ޝަފްޢަތު ، ހުވަދޫ މީޑީއާ
609ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

 ސަރުކާރުން އިފްތިތާޙުކުރި ބޯހިޔާވަހިކަމުގެ އައު ސްކީމް، "ބޯހިޔާވަހިކަން އެންމެނަށް" ގެ ދަށުން ފްލެޓް ދޫކުރުމުގެ އުސޫލުތައް ހާމަކޮށްފިއެވެ. މި އުސޫލުތަކުގެ ތެރެއިން އެންމެ ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނު އެއް ކަމަކީ، ދެމަފިރިންގެ ތެރެއިން މީހަކަށް ކުރިން ސަރުކާރުގެ ސްކީމަކުން ފްލެޓެއް ލިބިފައިވާނަމަ، އައު ސްކީމްތަކުން ފްލެޓް ހޯދަން ހުށަނޭޅޭނެ ކަމަށް ކަނޑައަޅާފައިވުމެވެ. މި އުސޫލުތަކުގެ ތަފްސީލްތައް ސަރުކާރުން ހާމަކުރެއްވީ، ރައްޔިތުންނަށް ދިގުދެމިގެންދާ ބޯހިޔާވަހިކަމުގެ ހައްލެއް ހޯދައިދިނުމުގެ މަޤްސަދުގައި އިފްތިތާޙުކުރެވުނު "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތު އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މިއީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރައީސް ޑރ. މުޢިއްޒު އިބްރާހީމްގެ ސަރުކާރުން ކުރައްވާ މަސައްކަތްޕުޅުތަކުގެ ތެރެއިން މުހިންމު ފިޔަވަޅެކެވެ. ފްލެޓް ދޫކުރުމަށް ސަރުކާރުން ވަނީ ދެ މައިގަނޑު ކެޓަގަރީއެއް ކަނޑައަޅާފައެވެ. އެއީ މާލެ ރަށްވެހިންނަށް ޚާއްސަ ކެޓަގަރީއަކާއި، މާލޭގައި ދިރިއުޅެމުންދާ އެހެނިހެން ރަށްރަށުގެ ރަށްވެހިންނަށް ކަނޑައަޅާފައިވާ ކެޓަގަރީއެކެވެ. ކެޓަގަރީ 1: މާލެ ރަށްވެހިން މި ކެޓަގަރީއަށް ހުށަހަޅާ ފަރާތްތަކަކީ:

  1. އުފަންވީއްސުރެ މާލެގައި ރަޖިސްޓްރީގައި ޖެހިފައިވާ ފަރާތްތައް.
  2. މާލޭ ރަށްވެހިންގެ ދަފްތަރުގައި ޖެހިފައިވާ ފަރާތްތައް.
  3. ފަހުން މާލޭގެ ގެއެއްގެ ރަޖިސްޓްރީ ޖެހިފައިވާ ފަރާތްތައް.

ކެޓަގަރީ 2: މާލޭގައި ދިރިއުޅެމުންދާ އެހެނިހެން ރަށްރަށުގެ ރަށްވެހިން މި ކެޓަގަރީއަށް ހުށަހަޅާ ފަރާތްތަކަކީ މާލޭގައި މެދުނުކެނޑި ދިރިއުޅެމުންދާތާ 15 އަހަރުވެފައިވާ ފަރާތްތަކެވެ. (15 އަހަރު ގުނާނެ ގޮތް ތަފްސީލުކޮށް އުޞޫލުގައި ހިމަނާފައިވާނެއެވެ). ފްލެޓް ދޫކުރުމުގެ އަސާސީ ޝަރުތުތައް: ސަރުކާރުން ފްލެޓް ދޫކުރުމަށް ކަނޑައަޅާފައިވާ އަސާސީ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ:

300 × 250
  1. ދިވެހިރައްޔިތެއް ކަމުގައިވުން.
  2. އުމުރުން 18 އަހަރު ފުރިފައިވުން.
  3. 400 އަކަފޫޓަށްވުރެ ބޮޑު ބަންޑާރަ ނުވަތަ އަމިއްލަ ބިން ނުވަތަ ގޯތިގެދޮރު މިލްކުވެފައި ނުވުން.
  4. ރިއަލް އެސްޓޭޓް މާކެޓުން ހައުސިންގ ޔުނިޓެއް ގަނެފައި ނުވުން ނުވަތަ އެފަދަ ތަނެއް ގަތުމަށް އެއްބަސްވެ ފައިސާ ދައްކަމުން ނުދިޔުން.
  5. ތިމާއަށް ނުވަތަ ފިރިމީހާ / އަނބިމީހާއަށް ކުރިން ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމެއް ލިބިފައި ނެތުން.

ފްލެޓް ދޫކުރުމުގެ މޮޑެލްތައް: ފްލެޓް ދޫކުރުމަށް ސަރުކާރުން ވަނީ ދެ މޮޑެލްއެއް ކަނޑައަޅާފައެވެ. ފުރަތަމަ މޮޑެލްއަކީ "އެފޯޑަބަލް ހޯމް އޯނަޝިޕް މޮޑެލް"އެވެ. މި މޮޑެލްގެ ޝަރުތުތަކުގެ ތެރޭގައި ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާ ފަރާތަކީ މާލީ އިދާރާއަކުން ދޫކުރާ ހައުސިންގ ފައިނޭންސް ފެސިލިޓީއަކަށް ޝަރުތު ހަމަވާ ފަރާތަކަށްވުމާއި، ފުރަތަމަ ފަހަރަށް ގެދޮރު ގަންނަ ނުވަތަ މިލްކުކުރުމަށް އެދޭ ފަރާތަކަށްވުން ހިމެނެއެވެ. ދެވަނަ މޮޑެލްއަކީ "ރެންޓް-ޓު-އޯން މޮޑެލް"އެވެ. މި ސްކީމަށް ކުރިމަތިލާ މީހުންނަށް މަހަކު ލިބޭ އާމްދަނީ 60،000 ރުފިޔާއަށްވުރެ މަތިވެގެން ނުވާނެއެވެ. ޕޮއިންޓް ދިނުމުގެ އުސޫލު: ސަރުކާރުން ވަނީ ފްލެޓް ދޫކުރުމުގައި ޕޮއިންޓް ދިނުމުގެ އުސޫލުވެސް އާއްމުކޮށްފައެވެ. ސަރުކާރުން ވިދާޅުވީ، ޕޮއިންޓް ދިނުމުގެ އުސޫލު އެކުލަވާލާފައިވަނީ، ދިރިއުޅުމުގެ ޙާލަތު ވީހާވެސް ތަފްސީލް ދެނެގަނެވޭނެ އުސޫލަކަށް ކަމަށެވެ. ޕޮއިންޓް ދޭ އުސޫލުގެ މައިގަނޑު ކަންކަމުގެ ތެރޭގައި ހިމެނެނީ:

  1. މާލޭގެ ރަށްވެހިކަން ނުވަތަ ދިރިއުޅުނު މުއްދަތަށް.
  2. އެޢާއިލާއެއްގެ ގޯތިގެދޮރުގެ މިލްކުވެރިކަމަށް.
  3. ގޭބިސީގެ ޖުމްލަ އާމްދަނީއަށް.
  4. އާއިލާގެ ބެލުމުގެ ދަށުގައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި މައިންބަފައިންނަށް.
  5. ޢާއިލާގެ ޙާލަތު.

ސަރުކާރުން ޕޮއިންޓްދޭ އުސޫލު ކަނޑައަޅާފައިވާއިރު، ދަރިން ނުލިބޭ މީހުންނަށް ޕޮއިންޓްދޭނެ އުސޫލެއްވެސް ވަނީ ކަނޑައަޅާފައެވެ. ފްލެޓް ދޫކުރުމުގެ ޝަރުތުތަކާއި ޕޮއިންޓް ދިނުމުގެ އުސޫލާގުޅޭ ތަފްސީލްތައް ވަރަށް އަވަހަށް ސަރުކާރުގެ ގެޒެޓުގައި އާއްމުކުރާނެ ކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި