ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެއިން ދޫކުރާ ފްލެޓާއި ގޯތި، ދެ ވަކި ކެޓަގަރީއެއްގެ ދަށުން ދިނުމަށް ކަނޑައަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފިއެވެ. މި ސިޔާސަތުގެ މަގުސަދަކީ މާލޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ. މި ދެ ކެޓަގަރީއަކީ މާލޭގެ ރަށްވެހިންނާއި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނެވެ. މިގޮތުން، ކޮންމެ ކެޓަގަރީއަކަށް ވެސް ވަކި ވަކި ޝަރުތުތަކެއް ކަނޑައަޅާފައިވެއެވެ. ޝަރުތުތަކުގެ ތަފްސީލް:
- މާލޭގެ ރަށްވެހިން: މާލޭ ރަށްވެހިންގެ ގޮތުގައި ބެލެވޭނީ އުފަންވީއްސުރެ މާލޭ ރަޖިސްޓަރީގައި ހިމެނޭ ފަރާތްތަކާއި، ނުވަތަ މާލޭގެ ރަށްވެއްސަކަށްވެ ފަސް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ފަރާތްތަކެވެ.
- މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުން: މާލޭގައި ދިރިއުޅޭ އެހެން ރަށެއްގެ ރަށްވެއްސަކަށްވާނަމަ، ގޯއްޗާއި ފްލެޓަށް އެދެވޭނީ މާލޭގައި މެދުނުކެނޑި 15 އަހަރަށްވުރެ ގިނަ ދުވަހު ދިރިއުޅެފައިވާނަމައެވެ.
އާންމު ޝަރުތުތައް: ގޯއްޗަށް ނުވަތަ ފްލެޓަށް އެދޭ ހުރިހާ ފަރާތްތަކަކީ ވެސް ދިވެއްސަކަށްވެ، އުމުރުން 18 އަހަރު ފުރިފައިވާ އަދި 400 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯތިން ބައެއް އަމިއްލަ ނަމުގައި ލިބިފައިނުވާ ފަރާތްތަކަށް ވާންޖެހެއެވެ. ބިން ދޫކޮށްލުމާ ގުޅޭ ޝަރުތުތައް:







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.