ޤައުމަށް މާނަހުރި ކުރިއެރުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވީ, ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކެއް ކަމަށް, ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ޤާސިމް އިބްރާހިމް، ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތަށް ކާމިޔާބު ދެ އަހަރު ފުރުމުގެ ތަހްނިޔާ އަރިސް ކުރައްވައި، ކުރެއްވި ޕޯސްޓެއްގަ އެވެ. ޤާސިމްގެ މެސެޖުގައި ފާއިތުވި ދެ އަހަރު ދުވަހު ނުހަނު ގިނަ ގޮންޖެހުންތަކާއެކުވެސް، މި ޤައުމަށް ރައީސް މުޢިއްޒު ކޮށްދެއްވި ޚިދުމަތްތަކާއި، ތަރައްޤީގެ ނާރެހުގައި ޤައުމަށް މާނަހުރި ކުރިއެރުން ހޯއްދެވުމަށް ކުރެއްވި ބުރަ މަސައްކަތްޕުޅުތަކަށް ތަޢުރީފު ހައްޤު ކަމުގައި ވިދާޅުވި އެވެ. https://twitter.com/qasimibrahim/status/1990419093124755731?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1990419093124755731%7Ctwgr%5Eae549edd950d5f0cc3d5ca96e1887475e8db7cdb%7Ctwcon%5Es1_&ref_url=https%3A%2F%2Fmmtv.mv%2F10104 އެމަނިކުފާނު އިތުރަށް ވިދާޅުވީ، އިޖްތިމާޢީ އަދި އިޤްތިޞާދީ ގޮތުން އެޅުއްވި މުހިންމު ފިޔަވަޅުތަކުގެ ނަތީޖާ، اللهގެ ރަޙްމަތާއި އެކު ދަތުރު ކުރަނީ ކާމިޔާބުގެ މަގަށް ކަމަށެވެ. މި ކުރު މުއްދަތުގައި ހާޞިލް ކުރި ކާމިޔާބީތައް ދައްކުވައިދެނީ، ރައީސް މުޢިއްޒުގެ ދުރުވިސްނުންފުޅާއި، ސަރުކާރުގެ އެޖެންޑާ ބައްޓަންކޮށް މަގުދައްކައިދިނުމުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކެއްގެ ބުރަ މަސައްކަތާއި އިޚްލާސްތެރި އެއްބާރުލުން ކަމުގައި ވެސް ޤާސިމް ވިދާޅުވި އެވެ. "މަނިކުފާނުގެ އިރުޝާދުގެ ދަށުން ރައްޔިތުންނާއި ގާތުން ޚިދުމަތްކުރައްވާ ވަޒީރުންނާއި، ކުންފުނިތަކުގެ ވެރީންނާއި، ބަދަހި ޕާލިމެންޓްރީ ގުރޫޕަށް މި އުފާވެރި މުނާސަބަތުގައި ސާބަސް ދެމެވެ." ޤާސިމްގެ ޕޯސްޓްގައި ވެ އެވެ. އަދި ރައީސް މުޢިއްޒުގެ ވެރިކަމުގައި ބަރަކާތްލައްވައި، ފާގަތި މުސްތަޤްބަލެއް ދެއްވައި، މި ޤައުމަށް އިތުރު ކުރިއެރުމާއި އުފާ ފާގަތިކަން الله ތަޢާލާ މިންވަރު ކުރެއްވުމަށް ދުޢާ ކުރެއްވި އެވެ.