1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރަށު ޚަޠީބުން’ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްލާމިކް ސްޓޫޑިއޯއިން ޒުވާން ޚަޠީބުންނާއި ގުޅޭ ޑޮކިއުމެންޓްރީއެއް ނެރެފި

HAYG
ރަށު ޚަޠީބުން’ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްލާމިކް ސްޓޫޑިއޯއިން ޒުވާން ޚަޠީބުންނާއި ގުޅޭ ޑޮކިއުމެންޓްރީއެއް ނެރެފި
ޝަފްޢަތު ، ހުވަދޫ މީޑީއާ
220ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރަށު ޚަޠީބުން’ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްލާމިކް ސްޓޫޑިއޯއިން ޒުވާން ޚަޠީބުންނާއި ގުޅޭ ޑޮކިއުމެންޓްރީއެއް ނެރެފިއެވެ.

މި ޑޮކިއުމެންޓަރީއަކީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މި ދައުރުގައި ކުރިއަށް ގެންދާ އެންމެ މުހިއްމު އެއް ޕްރޮގުރާމުކަމަށްވާ ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ސަބަބަުން ޚަޠީބުންގެ ދަތިކަން އިންތިހާއަށް އޮތް އއ. ފެރިދޫއަށް، ޚަޠީބުންގެ ދަތިކަމުގެ މައްސަލައަށް ހައްލު ލިބިގެން ދިޔަ ގޮތް ދައްކުވައިދޭނެ ޑޮކިއުމެންޓަރީއެކެވެ.

މި ޑޮކިއުމެންޓަރީގައި މީގެ ކުރިން ކައިރި ރަށްރަށުން ޚަޠީބުން ގެނައުމަށް އެރަށު ކައުންސިލުން ކުރަން ޖެހުނު ޚަރަދާއި އުފުލި ބުރައާއި، މިކަމުގެ މަޢުލޫމާތު އިސްލާމީކަންތައްތަކާ ބެހޭ ވަޒީރަށް ހުށައެޅުއްވުމާއެކު ވުޒާރާއިން ފަހިކޮށްދެއްވި ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމުގެ ސަބަބުން ލިބިގެންދިޔަ ލުއިފަސޭހަކަމުގެ މަޢުލޫމާތު ކައުންސިލުން ހިއްސާ ކުރާނެއެވެ.

300 × 250

އަދި އެރަށުން ހުކުރު ސަނަދު ހާސިލްކުރި ޒުވާން ޚަޠީބުންގެ އިންޓަވިއުއާއި ރަށުގެ ފާހަގަކޮށްލެވޭ އެކި ފަރާތްތަކުގެ އިންޓަވިޔުވެސް ހިމެނިފައިވާނެއެވެ.

ޒުވާން ޚަޠީބުން ޕްރޮގުރާމަކީ ރާއްޖޭގެ އެކި ރަށްތަކަށް ޚަޠީބުންގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދިޔަ ޕްރޮގުރާމެކެވެ.

މި ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި 503 ޒުވާން ޚަޠީބުން އުފައްދާފައިވާކަން ފާހަގަކޮށްލެވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި