1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ބޮޑު ތަފާތަކުން އޭއެސްއެމްއެޗް ބަލިކޮށް ސިޓީ ސްޓާސް ހިޔަލަ 7 ގެ ޗެމްޕިއަންކަން ހޯދައިފި

IMG_4387
ބޮޑު ތަފާތަކުން އޭއެސްއެމްއެޗް ބަލިކޮށް' ސިޓީ ސްޓާސް' ހިޔަލަ 7 ގެ ޗެމްޕިއަންކަން
މަރްޔަމް ޝަފާ ސައީދު
306ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ބޮޑު ތަފާތަކުން އޭއެސްއެމްއެޗް ބަލިކޮށް ސިޓީ ސްޓާސް ހިޔަލަ 7 ގެ ޗެމްޕިއަންކަން ހޯދައިފިތިނަދޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އިން ތިނަދޫ ސިޓީއަށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ ހިޔަލަ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ، ބޮޑު ތަފާތަކުން އޭއެސްއެމްއެޗް އާރުސީ ބަލިކޮށް ސިޓީ ސްޓާސް ހޯދައިފިއެވެ. ތިނަދޫ ސިޓީ ސްޓޭޑިއަމްގައި ހޭންޑްބޯޅަ ދަނޑުގައި ކުރިޔަށް ގެންދިޔަ މި މުބާރާތުގަ ރޭ ކުޅުނު ފައިނަލް މެޗުން ސިޓީ މޮޅުވީ 06-17 ގެ ނަތީޖާ އަކުންނެވެ. ހިޔަލަ 7 ވަނަ މުބާރާތުގެ ތަށި ރޭ ސިޓީ އުފުލާލީ ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެއެވެ.

IMG_4297

ފިރިހެން ޑިވިޝަަނުގެ ޓޮޕް 7 ޕްލޭޔަރސް --- ފޮޓޯ: ފޮޓޯ މޯލްޑިވްސް ކުޅިވަރު މުބާރާތްތައް އިންތިޒާމުކޮށް ހިންގުމުގައި ތަޖުރިބާކާރު ޖަމްޢިއްޔާއެއް ކަމުގައިވާ ހަވަރު ސްޕޯޓްސް އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ މި މުބާރާތުގެ އަންހެން ޑިވިޝަންގެ ތަށި ސިޓީ އިން ހޯދި އިރު މި ޑިވިޝަންގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީވެސް އެޓީމުގެ ކޯޗު އަހުމަދު ސަދޫޤުއެވެ. މީގެ އިތުރުން ފައިންލް މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމަށް ސިޓީ ގެ އައިޝަތު އާލާ އަލީ ހޮވުނު އިރު މުބާރާތް އެންމެ މޮޅު 7 ކުޅުންތެރިންގެ ތެރޭގައި ސިޓީ 4 ކުޅުންތެރިން ވަނީ ހިމެނިފައެވެ. އެ ކުޅުންތެރިންނަކީ މާޒިނާ ، ނިއުޝާ, އާލާ އަދި އަޒްލިފާއެވެ. އޭގެ އިތުރުން ހިމެނެނީ 71 ގޯލާއި އެކު މުބާރަތުގެ ޓޮޕް ސްކޯރަރގެ މަޤާމު ހޯދި ފިޓް ފެމިނިންގެ ޚަދީޖާ ، އޭއެސްއެމްއެޗްގެ ޔުމަން އާއި ޒައިނާ އެވެ. ރަނަރަޕް ޓީމަކީ އޭއެސްއެމްއެޗްއެވެ. މި ޑިވިޝަންގެ ފެއަރ ޕްލޭ ޓީމަކީ ފިޓް ފެމިނިންއެވެ. އުންމީދީ ކުޅުންތެރިޔަކީ އޭއެސްއެމްއެޗް ޝޫރާ އެވެ.

300 × 250
GUK

ބޮޑު ތަފާތަކުން އޭއެސްއެމްއެޗް ބަލިކޮށް' ސިޓީ ސްޓާސް' ހިޔަލަ 7 ގެ ޗެމްޕިއަންކަން---ފޮޓޯ: ފޮޓޯ މޯލްޑިވްސް މި މުބާރާތުގެ މުހިއްމު ޕަރޓްނާސް:

  • ބޭންކް އޮފް މޯލްޑިވްސް ޕްލެޓިނަމް ޕާޓްނަރ
  • އުރީދޫ މޯލްޑިވްސް - ޑިޖިޓަލް ޕާޓްނަރ
  • އަލީކެފޭ' - ގޯލްޑް ޕާޓްނަރ
  • ކެފޭ ޑޫޑް - ގޯލްޑް ޕާޓްނަރ
  • ހައިތަރީ ކެފޭ' - ގޯލްޑް ޕާޓްނަރ
  • ވޯޓަރޑެކް - ގޯލްޑް ޕާޓްނަރ
  • ޒިމަރމަން ރެސްޓޯރެންޓް - ގޯލްޑް ޕާޓްނަރ
  • ތިނަދޫ ސިޓީ ކައުންސިލް - އެސޯސިއޭޓް ޕާޓްނަރ
  • ތިނަދޫ ސިޓީ ސްޓޭޑިއަމް - އެސޯސިއޭޓް ޕާޓްނަރ
  • އިވެންޓް ކާސްޓް މޯލްޑިވްސް - އޮފިޝަލް މީޑިއާ ޕާޓްނަރ
  • ހުވަދޫ މީޑިއާ - އެސޯސިއޭޓް މީޑިއާ ޕާޓްނަރ
  • ފޮޓޯ މޯލްޑިވްސް - އޮފިޝަލް ފޮޓޯގްރަފީ ޕާޓްނަރ
  • ނޮވާޓެކް - ޕްރިންޓިންގ ޕާޓްނަރ
  • އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް - މެޑިކަލް ޕާޓްނަރ
  • މޯލްޑިވްސް ޕޮލިސް ސަރވިސް - ސެކިއުރިޓީ ޕާޓްނަރ
300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި