ކޮންމެ އިންސާނެއްގެވެސް ދިރިއުޅުމުގައި ރަހުމަތްތެރިން ބޭނުންވެއެވެ. ދިރިއުޅުމުގެ ކޮންމެ ހިސާބެއްގަވެސް، އާއިލާގެ މީހުން ނޫން ބަޔެއްގެ އެހީތެރިކަން ބޭނުންވެއެވެ. އެއީ ރަހުމަތްތެރިން ކަމަށް ގަބޫލު ކޮށް، ކަންކަމާއި މަޝްވާރާކުރުމުގެ އިތުރުން އެކިކަންމަުގައި އެހީ ހޯދާއި ހަދައެވެ. ރަހުމަތްތެރިންގެ ތެރެއިންވެސް އެކަކު ނުވަތަ ދެތިން މީހަކު ވަރަށް ބޮޑަށް ގާތްކޮށް ރަހުމަތްތެރިޔާގެ މަގާމު "އެންމެ ގާތް އެކުވެރިޔާ" ނުވަތަ "ބެސްޓު ފްރެންޑު" ގެ މަގާމަށް ޕްރޮމޯޓު ކުރެވި އިތުބާރު ކުރެވެއެވެ. ހަމަ މިފަދައިން، ރަހުމަތެރިންގެ ތެރެއިން ގޯސް ރައްޓެހިންވެސް ވަކި މަގާމަކަށް ބަދަލުވެގެން ދަނީ ތިމާ އަށް އެމީހެއްގެ ސަބަބުން ކޮންމެވެސް ފިލާވަޅެއް ލިބޭ ދުވަހުން ފެށިގެންނެވެ.
ގޯސް ރައްޓެހިން ނުވަތަ އާންމުކޮށް މިހާރު ކިޔާ ގޮތުންނަމަ 'ފޭކް ފްރެންޑްސް' އަކީ އެބައެއްގެ ސަބަބުން ތިމާގެ އެތައް ވަގުތަކާއި ހަކަތައެއް ބޭކާރުކޮށްލާ ބައެކެވެ. ކަންމިހެން އޮތްއިރު ސުވާލަކީ މިފަދަ 'ފޭކް ފްރެންޑްސް' ދެނެގަންނާނެ ގޮތެކެވެ. އެގޮތުން މި ހިމަނާލަނީ މިފަދަ ރައްޓެހިންގެ ގައިން ފެންނާނެ ބައެއް ސިފައެކެވެ.
ފޭކް ރައްޓެހިން ދެނެގަންނާނެ އެންމެ ފުރަތަމަ ގޮތަކީ އެ މީހުން ތިމާގެ ވާހަކަތަކަށް ދޭ ސަމާލުކަން ބެލުމެވެ. އެގޮތުން ކަމަކާއި ހިތްހަމަނުޖެހިގެން ވާހަކައެއް ކިޔާދިނުމުން އޭނާގެ އަމިއްލަކަންތަކުގައި މާ ބުރަކޮށް އުޅެ އަޑުއިވޭކަމަށް ނުހެދުމާއި ހުރިހާ ވާހަކައެއް އަޑުއަހާފައި ތީ އަދި އެއްވެސް އެއްޗެއް ނޫނޭ ބުނެ އޭނާއަށް ދިމާވެފަ ހުރި ކަންތަކެއް ކިޔާދޭން ފެށުމަކީ ފޭކު ރައްޓެހިންގެ ފަރާތުން ފެނިގެންދާނެ ސިފައެކެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.