1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ހުޅުމާލެ 3 އަދި ގިރާވަރުފަޅު ހިއްކަން އިތުރު ޑްރެޖަރެއް ރާއްޖެއަށް: މަސައްކަތްތައް ހަލުވި ވެގެން ދާނެ!

DR1
ޑްރެޖަރު "ޓީއެސްއެޗްޑީ ޕްރިންސް ޑެރް ނެޑަލޭންޑެން"
މަރްޔަމް ޝަފާ ސައީދު
224ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހުޅުމާލެ ފޭސް 3 އާއި ގިރާވަރުފަޅު ހިއްކުމުގެ ބިޔަ މަޝްރޫއު އަވަސްކުރުމަށްޓަކައި، އިތުރު ބޮޑު ޑްރެޖަރެއް ރާއްޖެއަށް އައިސްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހާމަކުރައްވައިފިއެވެ. މި ޑްރެޖަރު ރާއްޖެ އައުމާއެކު، ހުޅުމާލޭގައި މިހާރު ކުރިއަށްދާ މަސައްކަތްތައް އިތުރު ހަލުވިކަމެއްގައި ކުރިއަށްދާނެ ކަމަށް ލަފާކުރެވެއެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑްރެޖަރު "ޓީއެސްއެޗްޑީ ޕްރިންސް ޑެރް ނެޑަލޭންޑެން" ރާއްޖެ އައިސްފައިވާ ކަމަށާއި، މި ޑްރެޖަރުން މިހާރު ހުޅުމާލެ ފޭސް 3 ހިއްކަމުން އަންނަ ޑްރެޖަރާއެކު މާދަމާ މަސައްކަތް ފަށާނެ ކަމަށެވެ. ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް އަންނަ މަހު ފަހުކޮޅު ނިމޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ހުޅުމާލޭގެ މަސައްކަތް ނިމުމުން، ދެ ޑްރެޖަރުވެސް ގިރާވަރު ފަޅު ހިއްކުމަށް ދާނެ ކަމަށާއި، އެ މަސައްކަތް 2-3 މަސް ތެރޭގައި ނިންމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ގިރާވަރު ފަޅުގައި ހިއްކާ ސަރަހައްދު ފާހަގަކުރަން ބަންޑްލް ވޯލް ޖެހުމުގެ މަސައްކަތް، އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) އަދި އެހެނިހެން ކަންކަން ނިމުމުން ފަށާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

300 × 250

މި މަޝްރޫއު ކުރިއަށްގެންދަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލުކޮށްގެންނެވެ.

ހުޅުމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކާނެއެވެ. މި މަސައްކަތް ފުރަތަމަ ފެށި ސެޕްޓެމްބަރު މަހުން ފެށިގެން މިހާތަނަށް 24 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، މަޝްރޫއު ވަގުތީ ގޮތުން މަޑުޖެހުނީ ހުޅުމާލޭގެ މާސްޓާ ޕްލޭން ރިވައިޒް ކުރުމުގެ ސަބަބުންނެވެ. ބާކީ 38 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށާފައިވަނީ ނޮވެމްބަރު 10 ވަނަ ދުވަހު ހަވީރެވެ.

ހުޅުމާލޭ ތިންވަނަ ފިޔަވައްސާއ

އި ގިރާވަރު، ގުޅީފަޅު އަދި އުތުރުތިލަފަޅު ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެކެވެ. ސަރުކާރުގެ އަމާޒަކީ މި މަސައްކަތް އަވަހަށް ނިންމައި، ބޯހިޔާވަހިކަމުގެ ފުރުސަތު ވީހާވެސް ގިނަ ރައްޔިތުންނަށް ހޯދައިދިނުން ކަމަށް ވަނީ ވިދާޅުވެފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި