1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ލަންކާ ފެންބޮޑުވުން; މިހާތަނަށް އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުލިބޭ، އެހީއަށް ހާއްސަ ހޮޓްލައިނެއް - ހައިކޮމިޝަން

haal
ލަންކާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި...
ޝަފްޢަތު ، ހުވަދޫ މީޑީއާ
154ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ސްރީލަންކާއަށް ކުރިމަތިވެފައިވާ ބޮޑު ފެންބޮޑުވުމުގެ ޙާދިސާގައި މިހާތަނަށް އެއްވެސް ދިވެއްސަކަށް ގެއްލުމެއް ކުރިމަތިވެގެން ރިޕޯޓްކޮށްފައި ނުވާކަމަށް ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ވިދާޅުވެއްޖެއެވެ. ހައިކޮމިޝަނުން ދަނީ، ލަންކާގައި ދިރިއުޅޭ ދިވެހިންގެ ޙާލަތު ގާތުން ބަލަމުންނެވެ.

ދިވެހި އާއިލާއަކަށް ވީނުވީ ނޭނގިފައިވާ ކަމަށް ދެކެވުނު ވާހަކަތަކަކީ، ގުޅުމުގައި ދިމާވި ދަތިކަމެއް ކަމަށާއި، މިހާރު އެ އާއިލާއާއި ޚަބަރުވެ، މައްސަލަ ޙައްލުވެފައިވާކަމަށް ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ކޮމިޝަނުން ވިދާޅުވިއެވެ. އެފަދަ އެއްވެސް މައްސަލައެއް ރިޕޯޓްކޮށްފައި ނުވާކަމަށްވެސް އެޗްސީއިން ބުނެއެވެ.

ލަންކާގެ ޙާލަތާއި ގުޅިގެން ސަމާލުވުމަށް އެ ޤައުމުން އަންގާފައިވާތީ، ދިވެހި އެމްބަސީއިންވެސް ވަނީ ދިވެހިން ޢަމަލުކުރުމަށް އަންގާފައެވެ. އެގޮތުން، ކޮންމެހެން ކުރަންޖެހޭ ދަތުރުފަތުރު ފިޔަވައި، ޚާއްސަކޮށް ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެންދާ ސަރަޙައްދުތަކަށް ދަތުރުނުކުރުމަށާއި، ބޯކޮށް ވާރޭވެހި ވައިގަދަވާ ވަގުތުތަކުގައި ބޭރަށް ނުނިކުތުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މީގެއިތުރުން ލަންކާގެ މޫސުމާއި ބެހޭ އިދާރާގެ އެންގުންތަކުގެ އަދާހަމަ ހޯދުމަށްވެސް ވަނީ އެދިފައެވެ.

300 × 250

ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި، ފެނާއި ބޭސް ފަދަ ތަކެތި ހޯދައި، ރައްކާތެރި ތަންތަނުގައި ބެހެއްޓުމަށާއި، މުހިންމު ލިޔެކިޔުންތަކަށް ސަމާލުވުމުގެ އިތުރުން މޯބައިލް ފޯނު ޗާޖު ކޮށްފައި ބޭއްވުން ފަދަ ކަންކަމަށްވެސް ސަމާލުވުމަށް އެދިފައިވެއެވެ. ލަންކާއިން މާލެ ދަތުރުކުރާ ފަރާތްތަކުން ދަތުރުގެ މަޢުލޫމާތު ރަނގަޅަށް އޮޅުންފިލުވައި، ދުރާލާ އެއަރޕޯޓަށް ދަތުރު ފެށުމަށްވެސް އިރުޝާދު ދީފައިވެއެވެ.

ކޮމިޝަނުން ނެރުނު ބަޔާނުގައި ވަނީ، ވިއްސާރައިގައި ކޯރުތައް ފުރި ބަންޑުންވަމުންދާ ކަމުގެ އިންޒާރު ކަމާއި ބެހޭ ފަރާތްތަކުން ދެމުންދާތީ، އެފަދަ ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުންނާއި، ބިންތިރި ސަރަޙައްދާއި މޫދު ކައިރި ސަރަޙައްދުގައި ދިރިއުޅޭ މީހުން އިންޒާރަށް ސަމާލުވެ، ރައްކާތެރި ހިސާބުތަކަށް ދިއުމަށް އަންގާފައެވެ. އަދި އެއްވެސް އެހީތެރި ކަމަކަށް ބޭނުންވެއްޖެނަމަ، ހައިކޮމިޝަންގެ ހޮޓްލައިން 768816666 އަށް ގުޅުމަށްވެސް ވަނީ ޢިލްތިމާސްކޮށްފައެވެ.

ފަހުގެ ތާރީޚެއްގައި ނުވެހޭ މިންވަރަށް ސްރީލަންކާއަށް ވާރޭވެހި ފެންބޮނޑުވުމާއި ގުޅިގެން މިހާތަނަށް އެޤައުމުން 50 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. މިހާދިސާގައި 21 މީހުން ގެއްލި، އެތަށް ހާސް ބަޔަކުވަނީ ހާލުގައިޖެހިފައެވެ. ސްރީލަންކާގެ މޫސުމާބެހޭ އިދާރާއިން ވަނީ، މިކަމާއި ގުޅިގެން އެ ޤައުމުގައި ފުރަތަމަ ފަހަރަށް ރަތް ސަމާލު އިޢުލާނުކޮށް، މޫސުން ވަރަށް ގޯސް ކަމުގެ އިންޒާރުވެސް ދީފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި