1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އެމްއެސްއެމްއީ އެވޯޑު؛ 22 ދާއިރާއަކުން 21 އެވޯޑު ދީފި

mahass
އެމްއެސްއެމްއީ އެވޯޑު ދިނުމުގެ ހަފުލާގެ ތެރެއޮމއ ެ
މަރްޔަމް ޝަފާ ސައީދު
180ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގެ އިޤްތިޞާދަށް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް (އެމް.އެސް.އެމް.އީ) އަގުވަޒަންކުރުމުގެ ގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ދެވުނު "މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް 2025" 21 ފަރާތަކުން ހޯދައިފިއެވެ. މި އެވޯޑު ދީފައިވަނީ ދެ ގިންތިއަކުންނެވެ. އެއީ އާންމުންގެ ވޯޓުން ހޮވާ ގިންތިއަކާއި، ފަނޑިޔާރުންގެ މާކްސްއިން ހޮވާ ގިންތިއެކެވެ. މި އެވޯޑަކީ ދިވެހި ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހޯދަމުންދާ ކާމިޔާބީތައް ފާހަގަކޮށް، އެ ވިޔަފާރިތަކަށް އިތުރު ހިތްވަރު ދިނުމުގެ ގޮތުން، އިޤުތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާބެހޭ ވުޒާރާގެ އިސްނެންގެވުމާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ދިނުމަށް ހަމަޖެހިފައިވާ އެވޯޑެކެވެ. މި އެވޯޑަށް ކުރިމަތިލުމަށް މައިގަނޑު 22 ދައިރާއެއް ދެ ގިންތިއަށް ބަހާލައިގެން ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ. މިއެވޯޑު ދިނުމަށް އިއްޔެ ސޯޝަލް ސެންޓަރުގައި ބޭއްވި ޚާއްސަ ހަފްލާ ޝަރަފުވެރިކޮށްދެއްވީ، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރެވެ. މި ހަފްލާގައި މާލީ ވަޒީރުގެ އިތުރުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސައީދު އަދި ބީސީސީގެ މެނޭޖިންގ ޑިރެކްޓަރ އިތުރުން ސަރުކާރުން އިސް ބައެއް ފަރާތްތައް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ހަފްލާގެ އެންމެ ޝަރަފުވެރި 3 އެވޯޑު ކަމަށްވާ އަހަރުގެ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހޮވުނު ފަރާތްތަކަށް އެވޯޑު ހަވާލުކޮށްދެއްވީ މާލީ ވަޒީރު މޫސާ ޒަމީރުއެވެ. އެގޮތުން އެވޯޑު ހާސިލުކުރި ފަރާތްތައް ތިރީގައި މިވަނީއެވެ. އަހަރުގެ އެމް.އެސް.އެމް.އީ އެވޯޑުތައް:

  • މައިކްރޯ އެމްއެސްއެމްއީ އޮފް ދަ އިޔަރ - ނޮޑީސް ކޮފީ
  • ސްމޯލް އެމްއެސްއެމްއީ އޮފް ދަ އިޔަރ - ލޫޕް ކްރާފްޓް ޕްރައިވެޓް ލިމިޓެޑް
  • މީޑިއަމް އެމްއެސްއެމްއީ އޮފް ދަ އިޔަރ - އޮއިވާލި އާޓް ޝޮޕް

މީގެ އިތުރުން، މި ހަފްލާގައި ފަނޑިޔާރުންގެ މާކްސްއިން އިތުރު 8 ފަރާތްތަކަށްވެސް އެވޯޑު ވަނީ ދީފައެވެ. ފަނޑިޔާރުންގެ މާކްސްއިން އެވޯޑު ހާސިލުކުރި ފަރާތްތައް:

300 × 250
  • ސްޓާޓް އަޕް އޮފް ދަ އިއަރ - ސިނެޓެކްސް ޕްރައިވެޓް ލިމިޓެޑް
  • ގްރީން އެމްއެސްއެމްއީ އޮފް ދަ އިއަރ - ފަހި ގޮވާން
  • ޓެކް އެމްއެސްއެމްއީ އޮފް ދަ އިއަރ - ޕިނެޓް ވޯކްސް ޕްރައިވެޓް ލިމިޓެޑް
  • އައުޓް ސްޓޭންޑިން ސޯޝަލް ކޮންޓްރިވިއުޝަން އޮފް ދަ އިއަރ - ދަ ގިފްޓް ބާސްކެޓް މޯލްޑިވްސް
  • ކްރިއޭޓިވް އެމްއެސްއެމްއީ އޮފް ދަ އިއަރ - އެންކްރިއަރ ޕްރައިވެޓް ލިމިޓެޑް
  • ނެކްސްޓް-ޖެން އެމްއެސްއެމްއީ އޮފް ދަ އިއަރ - ޖަވާބު ޕްރައިވެޓް ލިމިޓެޑް
  • ޔޫތް-ލެޑް އެމްއެސްއެމްއީ އޮފް ދަ އިއަރ - ފޯ ދަ ސޮއުލް ބައި ހިމޫ
  • ވުމަން-ލެޑް އެމްއެސްއެމްއީ އޮފް ދަ އިއަރ - މާޔާ ނާސިހް

އަދި، މި ހަފްލާގައި އާންމުންގެ ވޯޓުން އެންމެ މަޤްބޫލު ވިޔަފާރިތަކަށް 11 އެވޯޑެއްވެސް ވަނީ ހަވާލުކޮށްފައެވެ. އާންމުންގެ ވޯޓުން އެވޯޑު ހާސިލުކުރި ފަރާތްތައް:

  • އެންމެ މަޤްބޫލު އެމްއެސްއެމްއީ: އެންޓެޓައިންމެންޓް - ޑީޓިއުން ބޭންޑް
  • އެންމެ މަޤްބޫލު އެމްއެސްއެމްއީ: މިއުޒިކް ޕްރޮޑަކްޝަން - މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރ
  • އެންމެ މަޤްބޫލު އެމްއެސްއެމްއީ: ފޮޓޯގްރަފީ - ލައިޓްސް އައުޓް
  • އެންމެ މަޤްބޫލު އެމްއެސްއެމްއީ: ފިލްމް ޕްރޮޑަކްޝަން - ދަ ކްރިސްޓަލް ކޮމްޕެނީ
  • އެންމެ މަޤްބޫލު އެމްއެސްއެމްއީ: ފައިން އާޓިސަން - މެކްރަމަމާ
  • އެންމެ މަޤްބޫލު އެމްއެސްއެމްއީ: ފިޓްނެސް އެންޑް ރެކްރިއޭޝަން - ލެގަސީ ފިޓްނެސް
  • އެންމެ މަޤްބޫލު އެމްއެސްއެމްއީ: ފެޝަން އެންޑް އެޕަރަލް ޑިޒައިން - ފާތިމާ
  • އެންމެ މަޤްބޫލު އެމްއެސްއެމްއީ: ލައިފް ސްޓައިލް ބްރޭންޑް - ޓްރޮޕިކަލް ޑިޒައިންސް
  • އެންމެ މަޤްބޫލު އެމްއެސްއެމްއީ: އެފް އެންޑް ބީ - މެރަކީ
  • އެންމެ މަޤްބޫލު އެމްއެސްއެމްއީ: ކޮންޓެންޓް ކްރިއޭޝަން - ތަކެތި
  • އެންމެ މަޤްބޫލު އެމްއެސްއެމްއީ: މާކެޓީން - ލޫޕް ކްރާފްޓް

ރާއްޖޭގެ ކުދި ވިޔަފާރިތަކަށް ޚާއްސަކޮށްގެން ފުރަތަމަ ފަހަރަށް އެ ވިޔަފާރިތަކުން ކުރާ މަސައްކަތްތައް އަގުވަޒަންކޮށް އެވޯޑެއް ދިންއިރު، ކުރިއަށް އޮތް ތަނުގައި ކޮންމެ އަހަރަކުވެސް މި އެވޯޑު ދޭން ނިންމާފައިވާ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން (ބީސީސީ) ވިދާޅުވިއެވެ. ބީސީސީން ވިދާޅުވީ އެވޯޑަށް ހުޅުވާލުމާއެކު ވަރަށް ބޮޑު ތަރުހީބެއް މި އެވޯޑަށް ލިބުނު ކަމާށާއި، މިއީ ކުދި ވިޔަފާރިތަކުން ވަރަށް ބޭނުންވެފައިވާ ކަމެއްކަން އެވޯޑަށް ހުޅުވާލުމުން އެނ

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި