ސްރީލަންކާއަށް ދިމާވެފައިވާ ކާރިސީ ޙާލަތުގައި އެޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ދިވެހި މީޑިއާތަކުން ފެށި ޚާއްސަ ޓެލެތޯން 'ސިލޯނާއެކު ދިވެހިން' އަށް މިހާތަނަށް ދެ މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ. މިއަދު ހެނދުނު 9:00 ޖެހިއިރު ފެށި މި ޓެލެތޯން މިރޭ މެންދަމު 1:00 އާ ހަމައަށް ކުރިއަށްދާނެއެވެ. ބީއެމްއެލްއިން މި ޓެލެތޯންއަށް ޚާއްސަކޮށްފައިވާ ދިވެހި ރުފިޔާ އެކައުންޓަށް މިއަދު ހަވީރު 4:30އާ ހަމައަށް 1.5 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު، ޑޮލަރު އެކައުންޓަށް 37 ހާހަށްވުރެ ގިނަ ޑޮލަރު ވަނީ ލިބިފައެވެ. މިއީ ސްރީލަންކާގެ ރައްޔިތުންނަށް ދިވެހިންގެ ފަރާތުން ލިބެމުންދާ ދީލަތި އެހީތެރިކަން ހާމަކޮށްދޭ އަދަދެކެވެ. މީޑިއާ ޓެލެތޯންއަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް ބީއެމްއެލްގެ އެކައުންޓްތަކަށް ފައިސާ ޖަމާކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި ޓީވީ ބިލްޑިންގއާއި މާލޭގެ އެކި ސަރަޙައްދުތަކުގައި ބަހައްޓާފައިވާ ފޮށިތަކަށްވެސް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް މިރޭ މެންދަމު 1:00 އާ ހަމައަށް އެފުރުސަތު ލިބިގެންދާނެއެވެ. މިމަހުގެ 26 ވަނަ ދުވަހު ސްރީލަންކާއަށް ކުރިމަތިވި ތޫފާން ދީތުވާއާއި ގުޅިގެން އެޤައުމުވަނީ ކާރިސީ ޙާލަތަކަށް ވެއްޓިފައެވެ. މިކާރިސާގެ ސަބަބުން އެތައް ބަޔަކަށް ގެއްލުންވެ ހާލުގައި ޖެހިފައިވާއިރު، ދިވެހި މީޑިއާތަކުން މިވަނީ އެޤައުމުގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި މި ޚާއްސަ މަސައްކަތް ފަށާފައެވެ. ދިވެހިންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމަކީ އަވައްޓެރި ޤައުމަކަށް ދިގުދެމިގެންދާ ގުޅުމެއްގެ ހެކިތަކެކެވެ.
ސިލޯނާއެކު ދިވެހިން ޓެލެތޯނަށް 2 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.